ދުނިޔެ

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާ އާއި ޖަޕާން އަތުގުޅާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އިން އަރައި ގަތުމަށާއި ، މި ބައްޔަށް ވެކްސިނާއި ފަރުވާ ހޯދުމަށް އަދި އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގައި، އެކުގައި މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަތުގުޅާލައިފިއެވެ.

Ads by Sosun Fihaara

މިކަމަށް އެއްބަސްވެ ދެ ލީޑަރުން ދެއްކެވި ވާހަކައިގައި ދެ ގައުމުން ވިޔަފާރިތައް ހުޅުވާލުމަށް އިސްކަން ދޭނެއެވެ. ޖަޕާނުގެ ޗީފް ކެބިނެޓް ސެކެރެޓަރީ ޔޮޝިހިޑޭ ސުގާ މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ވާހަކަ ތަކަށް އިސްނެންގެވީ ޖަޕާނުން ކަމަށެވެ.

ސުގާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ގައުމުތަކުގެ މެދުގައި ނުތަނަވަސް ކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި މިގޮތަށް ދެ ލީޑަރުން އެކުގައި މަސައްކަތް ކުރަން އެއްބަސް ވުން މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޖަޕާނުގެ ހެލްތު މިނިސްޓްރީގެ ފަރާތުން، އެމެރިކާގެ ގިލީޑް ސައިންސަސް އިން އުފައްދާ، ރެމްޑިސިވިއަރ ގަތުމަށް އެދުމުން ވެސް އެންމެ ހަތަރު ދުވަސް ތެރޭގައި އެކަން ވަނީ ހަމަ ޖެހިފައެވެ. މިއީ ޚާއްސަ އުސޫލެއްގެ ދަށުން ހަމަ ޖެހުނު އިންތިޒާމެކެވެ.

ޖަޕާނުގައި ގާއިމްކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މޭ މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އެމެރިކާ އިން 1.2 މިލިއަން މީހުންނަށް މި ބަލި ޖެހި 75 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ޖަޕާނުން މި ބައްޔަށް 15،500 މީހުން ޕޮޒިޓިވްވެ 580 މީހަކު ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!