ދުނިޔެ

ކޮވިޑް-19: ޖުލައިމަހުގެ ނިޔަލަށް އޮސްޓްރޭލިޔާގެ އިގްސާދު ހުޅުވާލަން ތައްޔާރުވަނީ

ދެން އެމްވީ ، ދެން އޮންލައިން

ފުރަބަންދުގައި އޮތް އޮސްޓްރޭލިއާގެ ރައްޔިތުންނަށް ލުއިތަކެއް ދިނުމަށް ނިންމާ އެކަމުގެ މައުލޫމާތުތައް ބޮޑުވަޒީރު ސްކޮޓް މޮރިސަން މިއަދު ހާމަ ކުރައްވައިފިއެވެ.

Ads by WAMCO

ބޮޑު ވަޒީރު ހާމަކުރެއްވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަމުން ގޮސް ޖުލައި މަހާއި ހަމައަށް، ފިޔަވަހި ތަކަކަށް ބަހާލައިގެން އިގްތިސާދު ހުޅުވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ނަމަވެސް ކައިރި މުސްތަގްބަލެއްގައި ގައުމުން ބޭރުން މީހުން އެތެރެ ވުމުގެ ހުއްދަ ދިނުމަށް އަދި ވިސްނާފައި ނުވާކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

އޮސްޓްރޭލިޔާގެ އެންމެ އާބާދީ ބޮޑު ދެ ސްޓޭޓްކަމަށްވާ ނިއު ސައުތު ވޭލްސް އަދި ވިކްޓޯރިޔާއިން ކޮންމެ ދުވަހަކު ވެސް އާ ކޭސްތައް ފެންނަމުންދެއެވެ. ޓެސްޓު ކުރާ އަދަދު އިތުރު ވެފައި ވީ ނަމަވެސް، އެހެން ސްޓޭޓްތަކުން މި ބައްޔަށް މީހަކު ޕޮސިޓިވް ނުވާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

އޮސްޓްރޭލިއާއިން އެކި ލުއިތައް ދިނުމަށް ނިންމާފައިވާއިރު ކުއީސްލެންޑްގައި މަންމައިންގެ ދުވަސް ފާހަގަ ކުރުމަށް، މިއަންނަ އާދިއްތަ ދުވަހު ބޭރަށް ނިކުތުން ހުއްދަ ކުރާނެއެވެ. ނަމަވެސް ކޮންމެ ގެއަކުންވެސް ބޭރަށް ނިކުމެވޭނީ ފަސް މީހުނަށެވެ. މީގެ އިތުރުން ނޮދަން ޓެރިޓޮރީގެ ޕަބްތައް މި އަންނަ ހަފްތާގައި ހުޅުވާލާނެއެވެ. ކޮންމެ މޭޒެއްގެ ވަށައިގެން ހަތަރު އަކަމީޓަރުގެ ދުރުމިން ހުންނަ ވަރަށް ޖާގަ ހެދުމަށްފަހު ކުދި ކެފޭތަކާއި ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަ މިއަންނަ ހުކުރު ދުވަހުން ފެށިގެން ދިނުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކުޑަކުދިންގެ ސްކޫލްތަކާއި ކުޅޭ ތަންތަނާ، ސްވިމިންގ ޕޫލްގެ އިތުރުން ލައިބްރަރީ ފަދަ ތަންތަން ހުޅުވުމުގެ ތައްޔާރީތައް ވަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 10 ކުދިންނަށްވުރެ ގިނައިން އެއް ނުވުމަށް ޝަރުތު ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޮސްޓްރޭލިޔާގައި ކިޔަވާ، ބޭރުގައުމުގެތަކުގެ ކުދިން ގެންދިޔުމަށް ފްލައިޓްތަކެއް ޗާޓަރު ކުރެއްވުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށާއި ނަމަވެސް، އެނޫން ގޮތަކަށް ގައުމުން ބޭރުން މީހުން ގެނައުމަށް ހުޅުވާލާނެ ދުވަހެއް އަދި ނޭނގޭކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!