ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 125 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުމުގެ ސަބަބުން ވަޒީފާއަށް އަސަރުކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި މިހާތަނަށް ޖުމްލަ 125 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ނޮވެމްބަރ ފަސް ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 10,994 ފަރާތަކަށް 125.8 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އިިންކަމް ސަޕޯޓް އެލަވަންސް އަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ދަށްވުމާ ގުޅިގެން، ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ އާއި އާމްދަނީއަށް އަސަރު ކުރި މީހުންނަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ސަރުކާރުން ތައާރަފު ކޮށްފައިވާ އެލަވަންސެކެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރަށެވެ. ޖޮބް ސެންޓަރގެ ވެބްސައިޓުގައި އިންކަމް ސަޕޯޓު އެލަވަންސް ލިބޭ ފަރާތްތަކުގެ މައުލޫމާތުތައް ދަނީ ހިއްސާކުރަމުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!