ދުނިޔެ

ކެނެޑާގެ އިސް ސަފުގައި މަސައްކަތްކުރާ މީހުނަށް މުސާރަ ބޮޑު ތަނުން ބޮޑު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ކެނެޑާގެ އެކިއެކި ދާއިރާތަކުން އިސް ސަފުގައި މަސައްކަތް ކުރާ މީހުންގެ މުސާރައިގެ ކުރިއެރުން ދިނުމަށް ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ނިންމަވައިފިއެވެ. މިކަން އިޢުލާން ކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ" މި ދަނޑިވަޅުގައި، ފުރާނަ ނުރައްކަލަށް ލައިގެން ގައުމު ހިންގުމުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އެންމެ ކުޑަ މުސާރަ ލިބޭ މީހުންގެ މުސާރައަށް ކުރިއެރުން ލިބެން ޖެހޭ" ކަމަށެވެ. ކެނެޑާ ސަރުކާރުގެ ދަށުން ހިނގާ ހުރިހާ ސަރަހައްދެއްގައި ވެސް އިސް ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މަހަކު 1،800 ޑޮލަރަށްވުރެ މަދުން މުސާރަ ލިބޭ މީހުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ވަނީ 3 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް އެއްބަސްވެފައެވެ.

Ads by WAMCO

ބޮޑު ވަޒީރުގެ ވާހަކައިގައި އިތުރަށް ހާމަ ކުރެއްވިގޮތުގައި، މި ބޮޑު ވަބާ އާ ގައުމު ކުރިމަތިލަމުން ދާ ދަނޑިވަޅުގައި، މާލީ ބޮޑެތި ދަތިތައް ދިމާވެފައިވާ މީހުން އެބަތިބި ކަމަށާ، އޭގެ ތެރޭގައި މިވަގުތަށް ބޭނުންވާ މުހިންމު އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ތިބުމުން މިމީހުންނަށް މުސާރައިގެ ކުރިއެރުމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކެނެޑާއިން މިހާތަނަށް 66،425 މީހަކަށް މި ބަލި ޖެހި، 4،569 މީހަކު ވަނީ މަރުވެފައެވެ. މި ގައުމުން މިހާތަނަށް 1 މިލިއަން އަށް ވުރެ ގިނަ މީހުން ޓެސްޓް ކޮށްފައެވެ.އަދި ބަލިޖެހުނު މީހުންގެ ތެރެއިން 30 ހާސް މީހުނަށް މިހާރު ވަނީ މިބަލިން ޝިފާ ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!