ޝައިޚް މުޖުތަބާ،އިޔާޒަށް: ކޯލިޝަން ދޫކޮށް ދީނީ ހަރަކާތްތައް ވަރުގަދަ ކުރުމަށް ދުރުވޭ!
ބުނެވުނު ބަހެއްގައި ހިފަހައްޓައިގެން ދެމުމަށްވުރެ ޙައްގު އެނގުމުން އެގޮތް ގަބޫލު ކުރަންވާނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމު ވެރިޔާ ޑރ.މުޙައްމަދު ޢިޔާޟް ޢަބުދުއްލަތީފް ވިދާޅުވުމާއި ގުޅިގެން ޖަމްޢިއްޔަތުއްސަލަފްގައި ހިމެނޭ ޝައިޚް މުޖުތަބާ ޙަމީދު އެމަނިކުފާނަށް ރައްދު ދެއްވަފައިފިއެވެ.
ޑރ.އިޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގައުމީ ކަންކަން ނިންމުމުގައި ތިމާގެ އަމިއްލަ ޒާތީ މަސްލަޙަތަށްވުރެ ދީނާއި ގައުމު އިސްކުރަން ވާނެ" ކަމަށާއި " ބުނެވުނު ބަހެއްގައި ހިފަހައްޓައިގެން ދެމުމަށްވުރެ ޙައްޤު އެނގުމުން އެގޮތް ގަބޫލު ކުރަން ވާނެ" ކަމަށެވެ. އަދި "ތިމާއަށް ނޭނގޭ ނަމަ އެކަމުގެ ފަންނުވެރިންގެ އެހީ ހޯދަން ޤުރުއާންގައި ވަނީ އަންގާފައި" ކަމަށް ވެސް ޑރ.ޢިޔާޟް ވިދާޅުވެފައި ވެއެވެ.
ޑރ.ޢިޔާޟަށް ރައްދު ދެއްވާ މުޖުތަބާ ވިދާޅުވީ "އެހެންވީމާ ކޯލިޝަން ދޫކޮށްލާފަ އަޅުގަނޑުމެންނާއެކު އަލުން އިސްލާހީ އިސްލާމިކް މޫވްމެންޓް ވަރުގަދަކުރަން މަނިކުފާނު ދުރުވަން" އެދޭ ކަމަށެވެ.
ޝައިޚް އިޔާޟްގެ ބަސްފުޅަށް މުޖުތަބާ ރައްދު ދެއްވިއިރު ، މިހާތަނަށް ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިނުވާ މިންވަރަށް މިހާރު ވަނީ އުފެދިފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ޑރ.އިޔާޒާއި ޝައިޚް އިލްޔާސްގެ އިތުރުން ޝައިޚް ޒައިދު ވާހަކަފުޅު ދައްކަވާއިރު އެހެން ގިނަ ޝައިޚުން ފެންނަނީ ސަރުކާރުން ގެންގުޅޭ ދީނީ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ދީނީ ދަރުސްތަކުގެ މައުޟޫއު ބަދަލުކުރަން އަންގާ މައްސަލައާއި ލާދީނީ ރިޕޯޓް ނެރުނު އުތެމައާއި އެމްޑީއެންގެ މެމްބަރުންނަށް ފިޔަވަޅު ނޭޅި އެމީހުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ މައްސަލަ ހިމެނެއެވެ.
j