ދުނިޔެ

ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވި މީހަކާ ބައްދަލުވެފައި ވުމުން ޑރ. ފައުޗީވެސް ކަރަންޓީނަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޕޮޒިޓިވި ކާކުކަން ހާމަނުކުރާ މީހަކާއި ޑާއިރެކްޓް ކޮންޓެކްޓް ވެފައިވާތީ އެމެރިކާގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 3 މީހަކު ކަރަންޓީނު ކުރެވުނު އިރު އޭގެ ތެރޭގައި، ނެޝަނަލް އިންސްޓިޓިއުޓް ފޮރ އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒް ގެ ޑިރެކްޓަރ ޑރ. އެންތޮނީ ފައުޗީވެސް ހިމެނިއްޖެއެވެ.

Ads by WAMCO

މި ކަރަންޓީނާއި ގުޅިގެން ދެން ޑރ. ފައުޗީ މަސައްކަތް ކުރާނީ ގޭގައި ހުރެގެންނެވެ. 79 އަހަރުގެ ޑިރެކްޓަރ ގޭގައި މަސައްކަތް ކުރި ނަމަވެސް އެއްވެސް އިމަޖެންސީ އެއް އައިސްފިނަމަ، ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއި އެކު ވައިޓް ހައުސްއަށް ވެސް ރިޕޯޓް ކުރާނެއެވެ.

އެމެރިކާގެ ކޮވިޑް-19 ޓާސްކް ފޯހުގެ ނުފޫޒު ގަދަ މެމްބަރެއް ކަމުގައިވާ ޑރ. ފައުޗީ ވަނީ އެތައްފަހަރަކު މި ބައްޔަށް ޓެސްޓްކޮށް ނެގަޓިވް ވެފައެވެ. ކުރާ މަސައްކަތުގެ ގޮތުން އަބަދު ބަލި މީހުންގެ ގާތަށް ގޮސް އުޅެން ނުޖެހުނު ނަމަވެސް ޑރ. ފައުޗީ އަކީ ގަވައިދުން ޓެސްޓް ކުރެވެމުން އަންނަ މީހެކެވެ.

ވައިސް ޕްރެޒިޑެންޓް މައިކް ޕެންސްގެ ޚާއްސަ އެހީތެރިއަކު ވެސް، މިދިޔަ ހުކުރު ދުވަހު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ މިދިޔަ ހަފްތާގައި ވައިޓް ހައުސް އިން ޕޮޒިޓިވް ވި ދެވަނަ މީހާއެވެ.

ޑރ. ފައުޗީގެ އިތުރުން، ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ޑރ. ރޮބަރޓް ރެޑްފީލްޑްވެސް ދެ ހަފްތާ ވަންދެން މަސައްކަތް ކުރާނީ ގޭގައި ހުރެގެންނެވެ. ތިންވަނަ އަށް ކަރަންޓީނު ކުރެވުނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކަމިޝަނަރ ސްޓެފަން ހޯންއެވެ. ހޯން ވެސް ބައްޔަށް ނެގަޓިވް ވިކަމުގައި ވިޔަސް ދެ ހަފްތާ ވަންދެން މަސައްކަތް ކުރާނީ ގޭގައި ހުރެގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!