ދުނިޔެ

މިމަހު 15ގައި ސިޑްނީ ހުޅުވާލަނީ ، ނަމަވެސް ހަފްލާތަކަށާއި މަދަރުސާތަކަށް ވެސް ދެވޭނީ ވަކި ޢަދަދަކަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19އާއި ގުޅިގެން އޮސްޓްރޭލިޔާގެ އެންމެ ބައިބޯ ސްޓޭޓް ކަމަށްވާ ސިޑްނީގައި ތަންފީޒު ކޮށްފައިވާ ލޮކްޑައުން، 15 މޭ ގައި ނަގާ އާންމުންނަށް ހުޅުވާލާނެ ކަމަށް، ނިއު ސައުތު ވޭލްސް އިން ހާމަ ކޮށްފިއެވެ.

Ads by WAMCO

ބޭރުގެ މީޑިއާތައް ބުނާ ގޮތުގައި މި ނިންމުމާއި ގުޅިގެން ރެސްޓޯރެންޓް ތަކާ، ކުޅިވަރުކުޅޭ ތަންތަނާ، ސްވިމިންގެ ޕޫލްތައް އެދުވަހު ދުވަހު ހުޅުވުމުގެ ތައްޔާރީތައް މިހާރު ކުރިއަށް އެބަދެއެވެ. ސިޑްނީއަކީ އޮސްޓްރޭލިޔާއިން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ސްޓޭޓެވެ. މުޅި އޮސްޓްރޭލިޔާއިން ކޮވިޑް19 ޖެހުނުމީހުން އަދި މަރުވިމީހުންގެ 45 އިންސައްތަ ނިސްބަތްވަނީ ސިޑްނީއަށެވެ.ނަމަވެސް އިއްޔެ 10 ހާސް މީހުން ޓެސްޓްކޮށްގެން މި ބައްޔަށް ޕޮޒިޓިވް ވީ އެންމެ ދެމީހުންނެވެ.

ސަރުކާރުން ހާމަ ކުރި ގޮތުގައި، ލޮކްޑައުން އަށް ލުއި ދެނީ، މި ބަލީގެ ނުރައްކާ ކުޑަވެގެން ނޫން ކަމަށާއި، ނަމަވެސް ބަލި ކޮންޓްރޯލް ކުރަން ބޮޑެތި މަސައްކަތް ތަކެއް ކުރެވި، އޭގެ އެދެވޭ ނަތީޖާ ލިބފައި ވުމުން ކަމަށެވެ. އެހެން ކަމުން ރެސްޓޯރެންޓްތައް ހުޅުވުނު ކަމުގައި ވިޔަސް 10 މީހުނަށްވުރެ ގިނައިން ގްރޫޕް ހަދައިގެން ތިބުމާ، ބޭރުގައި ވެސް 10 މީހުނަށް ވުރެ ގިނަ މީހުން އެއްކޮށް އުޅުމާ، 5 މީހުނަށް ވުރެ ގިނައިން އެހެން ގެއަކަށް ޒިޔާރަތްކުރުން ވަނީ މަނާ ކޮށްފައެވެ.

ކުޅިވަރު ކުޅޭ ތަންތަނާއި ސްވިމިންގ ޕޫލްތައްވެސް ހުޅުވަނީ، ގައިދުރުކުރުމުގެ ހަރުދަނާ އުސޫލުތަކެއްގެ ދަށުންނެވެ.އަޅުކަންކުރާ ތަންތަނަށް ވެސް އެއްފަހަރާ ވަދެވޭނީ 10 މީހުންނަށެވެ. ކައިވެނި ހަފްލާތަކަށް 10 މީހުން އަދި ޖަނާޒާއަކަށް 20 މީހުނަށްވުރެ އިތުރު ނުކުރުމަށް ވަނީ އަންގާފައެވެ.

ސްކޫލްގައި ކުދިން މަދުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކްލާސް ބައިބައި ކޮށްލުމުން ކޮންމެ ކުއްޖަކު ވެސް ސްކޫލަށް ދާންޖެހޭނީ ހަފްތާއަކު އެއް ދުވަހުއެވެ.

އިޤްތިޞާދު އެއްކޮށް ހުޅުވާލާނެ ދުވަހެއް ހާމަ ނުކުރި ކަމުގައި ވިޔަސް، ވެކްސިނެއް ހޯދެންދެން އަބަދު މިހެން ނުތިބެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ލޮކްޑައުންއަށް މި ލިބޭ ލުއި ކަމާއި އެކު ހުކުރު ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެއް މިލިއަން މީހުން އެނބުރި ވަޒީފާތަކަށް ދާނެއެވެ.

ސިޑްނީއަށް ފަހު އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވި ވިކްޓޯރިޔާ ހުޅުވާލުމާ ގުޅޭގޮތުން މާދަމާ، މީޑިޔާއަށް މައުލޫމާތު ދޭނެކަމަށް އެ ސްޓޭޓްގެ ފަރާތުން ވަނީ ހާމަ ކޮށްފައެވެ. ވިކްޓޯރިޔާގެ ލޮކްޑައުން އުވާލުމަށް ގޮވާލާ، މެލްބާރން ގައި ހުންނަ ވިކްޓޯރިޔާ ޕާލިމަންޓް ކައިރީގައި މިއަދު ބަޔަކު ވަނީ މުޒާހަރާ ކޮށްފައެވެ. ލޮކްޑައުންގެ ގަވާއިދާ ޚިލާފްވެގެން، މި މުޒާހަރާގެ ތެރެއިން 10 މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!