ދުނިޔެ

14 ރަޙްމަތްތެރިން ރޭލުގެ ދަށުވެ މަރުވި ހާދިސާ: "ކަރު ނެތް މިނަށް ރަހްމަތްތެރިންނަށް ގޮވިން، އެކަމަކު ރޭލުގެ އަޑު މާގަދަ"

ދެން އެމްވީ ، ދެން އޮންލައިން

"ކަރު ނެތް މިނަށް ރަހްމަތްތެރިންނަށް ގޮވިން، އެކަމަކު ރޭލުގެ އަޑު މާގަދަ" ކަރުނައިން ފުރިފައިހުރެ 23 އަހަރުގެ މީހެއް އޭނާގެ ވާހަކަ އިންޑިޔާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިޔާއާ ހިއްސާކުރިއެވެ.

Ads by WAMCO

14 މީހަކު މަރުވެ، ފަސް މީހުން ޒަޚަމްވި ހާދިސާގައި 23 އަހަރުގެ ހަރީ ސަލާމަތްވީ ހަމަ ކިރިޔާއެކެވެ.

"އަހަރެމެން ތިބީ ނިދާފައި.. އަހަރެން ދިޔައީ ފެން ބޯން ވެގެން. އަހަރެންނަށް ފެނުނު ރޭލު. ފެނުނު އިރަށް އަޑު ކޮޅަށް ހަޅޭލެވިން. އެކަމަކު ރޭލުގެ އަޑު މާ ބާރު." ކަރުން ފޯވެފައި ހުރި ހެރީ ކިޔައިދިނެވެ.

އިންޑިއާގެ މާހަރަސްޓްރަ ސުޓޭޓްގެ އޮރަންގަބާދުގައި ހިނގި މި ހާދިސާގައި 14 މީހުން މަރުވެ ފަސްމީހަކު ޒަޚަމްވެފައިވާިއިރު، އެ ސަރަޙައްދުގެ ޕޮލިހުން ރޮއިޓާސްއަށް ބުނެފައުވަނީ މަރުވި މީހުންނަކީ ވަޒީފާ އަދާކުރުމަށް އެހެން ސިޓީތަކުން އެ ސިޓީއަށް ގޮސްފައި ތިބި ބައެއް ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިޢުލާން ކުރި ލޮކްޑައުންގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާގައި ގެންގުޅޭ މީހުންނަށް މުސާރަ ދެވެން ނެތުމުން އެތައް ހާސް މޭލަކަށް ހިނގާފައި އުފަން ސަރަޙައްދަށް ދިއުމަށް ނިކުންނަ މީހުންގެ އަދަދު ވެސް ހާހުން ގުނޭނެއެވެ. މިއަދު މި މަރުވި މީހުންނަކީ ހައިހޫނުކަމުގައި އަދި ހިނގާ ހިނގާ ވަރުބަލިވުމުން ނިދުނުބައެއް ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ މީޑިއާތައް ބުނެއެވެ.

ނިދިފައި ތިބި މި މީހުން ފެނުމުން ރޭލްމަޑުކުރަން ޑްރައިވަރު މަސައްކަތް ކުރި ކަމަށާއި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ރޭލްވޭ މިނިސްޓްރީ އިން ވަނީ ހާމަ ކޮށްފައެވެ. ޕޮލިހުން ހާމަ ކުރިގޮތުގައި މިއީ މިހިސާބުގެ ސްޓީލް ކޮމްޕެނީ އެއްގައި މަސައްކަތްކުރި ބައެއްކަމާ، ހިނގާފައި ދާން އުޅުނީ ޖެހިގެން އޮތް އަވަށަށް ކަމަށެވެ. އަދި ވަރުބަލިވެގެން ޖައްސާލިއިރު ލޮކްޑައުންގެ ސަބަބުން މިތަނުން އެއްވެސް ރޭލެއް ދަތުރުކޮށްފާނެ ކަމަށް އެމީހުންނަށް ނުވިސްނުނީ ކަމަށްވުން އެކަށީގެންވާ ކަމަށް ވެސް ޕޮލިހުން ހާމަ ކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!