Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެންނަނީ

ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެންނަނީ

ކަޅިއޮށްފުންމީގެ ނަކަލު މާލެއަށް ގެނައުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ކަޅުއޮށްފުންމި މާލެ ގެނައުމަށް ފަހު އެ އޮޑި ބާއްވަން އޮޑިހަރުގެ ހަދަން ނިންމާފައިވަނީ ކަޅުވަކަރު މިސްކިތް ހުންނަ މައިދާނުގައިއެވެ.

ކަޅުއޮށްފުންމީގެ ނަކަލަކީ ދިވެހިރާޖޭއްގެ 50 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބަނދެފައިވާ އޮޑިއެކެވެ.

Advertisement
Allied Insurance — Square (box)

51 ފޫޓުގެ މި އޮޑި ބަނދެފައިވަނީ އެ އޮޑިީގެ އަސްލާއި ބެހޭ މައުލޫމާތު ދިރާސާކުރުމަށް ފަހުގައިއެވެ.

މި އޮޑީގެ ނަކަލު މާލެ ގެނަސް ރައްޔިތުންނަށް ޒިޔާރަތް ކުރަން ހުޅުވާލުމަށް ނިންމާފައިވަނީ ދިވެހިންނަށް ދިވެހި ތަރިކަ އާއި ބެހޭ މައުލޫމާތު ސާފު ކޮށްދިނުން ކަމަށް ތަރިކައާ ބެހޭ ވުޒާރާއިން ބުނެއއެވެ.

މީގެ އިތުރުން އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ދިވެހި ގައުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދުގެ މައުލޫމާތު ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައިއެވެ.

އެ އޮޑި މާލެ ގެނައުމަށްޓަކައި ކުރަންޖެހޭ މަރާމާތްކުރުން ބަޔަކާ ހަވާލުކޮށްފައިވާކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް