Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ކުރީ ސަރުކާރުގައި ވިޔަފާރިތަކަށް ދަރާފައިވާ 7 ބިލިއަން ރުފިޔާގެ މި ސަރުކާރުގައި 3.5އަށް ކުޑަކުރެވިއްޖެ: މިނިސްޓަރު ސަޢީދު

ކުރީ ސަރުކާރުގައި ވިޔަފާރިތަކަށް ދަރާފައިވާ 7 ބިލިއަން ރުފިޔާގެ މި ސަރުކާރުގައި  3.5އަށް ކުޑަކުރެވިއްޖެ: މިނިސްޓަރު ސަޢީދު

ކުރީ ސަރުކާރުން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހިފައިވާ 7 ބިލިއަން ރުފިޔާގެ ދަރަނީގެ އަދަދު ފާއިތުވި ދެ މަހެއްހާ ދުވަހު 3.5 އަށް ކުޑަކުރެވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިލްސިލާ ޕްރޮގްރާމެއްކަމަށްވާ "އަހާ" ފޯރަމްގެ ފުރަތަމަ ބައިގައި ބައިވެރިވެ ވަޑައިގެން އާއްމުންގެ މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދަޢުލަތާއި ޙަވާލުވިއިރު ދަޢުލަތުގެ މާލީ ޙާލަތު އޮތީ ވަރަށް ނާޒުކު ހިސާބެއްގައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މުހިންމު މަސައްކަތްތަކެއް ކުރަން ނިންމަވާފައިވާކަމަށެވެ.

Advertisement
HDC — Sidebar (box)

"އަޅުގަނޑުމެން މި ސަރުކާރާއި ޙަވާލުވިއިރު 7 ބިލިއަން، އެއީ ސަޕްލިމަންޓްރީ ބަޖެޓުގައިވެސް ހިމެނޭ ގޮތަށް، 7 ބިލިއަން ރުފިޔާ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދީ އެބަހުރި. އެއީ ބިލްތައް ނުދައްކައިގެން... ދަރަންޏަށް ދަޢުލަތް ދަރާފައި އެބައޮތް 7 ބިލިއަން ރުފިޔާ. އެއީ ކުދި ވިޔަފާރިތަކަށް. އެއީ އަދި 2 މަހާއި ގާތްގަނޑަކަށް ދުވަސްކޮޅެއް މިވީ ރައީސް މުޢިއްޒުގެ ވެރިކަމަށް. އިރާދުކުރެއްވިއްޔާ އެ އަދަދު 3.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފަ އެއޮތީ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ބޭރުގެ އެހީއާއެކުވެސް ކުދި ވިޔަފާތިތަކަށް ޚާއްސަކޮށްގެން ލޯނުތަކެއް ދިނުމަށް ރާވާކަމަށާއި ޒުވާން އުފެއްދުންތެރިނަށް ޚާއްސަ ޕްރޮގްރާމްތަކެއް އޭގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުވަނީ މިދިޔަ ހަފްތާގައި ފެށްޓެވި "ވީކެންޑް މާކެޓް" ފާހަގަކުރައްވާފައެވެ.

"އެގޮތުން އަންހެން ބޭފުޅުންނަށް ޚާއްސަގޮތެއްގައި 50 މިލިއަނާއި 100 މިލިއަނާއި ދޭތެރޭގެ އަދަދެއް ދޭން އެބަ ގަސްތު ކުރަން. ގްރާންޓް ކޮމްޕޯނަންޓް ހިމެނޭގޮތަށް" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، ކްރިއޭޓަރ އިކޮނޮމީ ހަބެއްގެ ބިންގާ އެޅުމުގެ މަސައްކަތް މިހާރު ފަށަން ތައްޔާރުވެފައިވާކަމަށާއި އެކަމަށް ލިބެންޖެހޭ ބަޖެޓުވެސް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ޒުވާން ވިޔަފާރިވެރިންނަށް އެބޭފުޅުންގެ އީޖާދީ މަސައްކަތްކުރުމަށް ވަރަށް ބޮޑު ޖާގައާއި ވަޞީލަތްތައް ފޯރުކޮށްދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ގަސްތުކުރަން ޝޯޓް މޫވީސް ނޫނީ ވީޑިއޯ ކްލިޕްސް ކޮންޓެންޓް ކްރިއޭޝަނަށް ޚާއްސަ ފައިސާގެ ސްކީމެއްވެސް ދޫކުރަން" މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް