ދުނިޔެ

"ކޮރޯނާވައިރަސްގެ ޒިންމާ ޗައިނާއިން އުފުލަން ޖެހޭނަމަ، އެއިޑްސްގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭ"

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔެއަށް ލިބުނު ގެއްލުމުގެ ޒިންމާ ޗައިނާއިން ނަގަން ޖެހޭކަމަށް ބައެއް ގައުމުތަކުން ބުނަމުންދާ ދަނޑިވަޅުގައި، މިކަމަށް ވަރުގަދަ ރައްދެއް ޗައިނާގެ މީޑިޔާއިން ދީފިއެވެ.

Ads by WAMCO

ޗައިނާގެ ސަރުކާރުންވަނީ ކޮވިޑް-19 އިން ލިބުން ގެއްލުމަށް ޒިންމާވާން ގޮވާލާ ގޮވާލުން ތަކަށް އެއްވެސް ރައްދެއް ދޭން ބޭނުން ނުވާކަމަށް ބުނެފައެވެ. ޗައިނާގެ އެންމެ ނުފޫޒު ގަދަ ދެ ނޫސް ކަމަށްވާ ގްލޯބަލް ޓައިމްސް އަދި ޕީޕަލްސް ޑެއިލީއިން އަންނަނީ ޗައިނާއާ ދެކޮޅަށް އެމެރިކާއިން ދަޢުވާ ކުރާނެކަމަށް ބުނާ ވާހަކަ ތަކަށް ރައްދު ދެމުންނެވެ. އެމެރިކާ އިން ވަނީ ކޮވިޑް-19 ގެ މައުލޫމާތު ސިއްރު ކުރިކަމަށް ބުނެ ޗައިނާއާ ދެކޮޅަށް އެމެރިކާގެ ދެކޯޓެއްގައި ދަޢުވާ ކުރުމަށް ހުށައަޅާފައެވެ.

މިކަމަށް ރައްދު ދީ ޗައިނާގެ މީޑިޔާއިން ހާމަ ކުރިގޮތުގައި ޗައިނާއިން ކޮރޯނާވައިރަސް އަށް ޒިންމާވާންޖެހޭނަމަ، އެއިޑްސްގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެކަމަށެވެ. އަދި އެއިޑްސް އިން ގެއްލުން ލިބުނު އެމެރިކާ މީހުންނަށް ވެސް އެމެރިކާގެ ކޯޓަކަށް ހުށައަޅައިގެން ބަދަލު ލިބެން ޖެހޭނެކަމަށެވެ. މީގެ އިތުރުންވެސް 2008 ވަނަ އަހަރު ދިމާވި މާލީ ދަތިކަމާ، 1918 ގެ ސްޕެނިޗް ފުލޫގެ އިތުރުން އެމެރިކާ އިސްވެ އޮވެ ކުރިހަނގުރާމަތަކުން ގެއްލުނު ކުށެއްނެތް އެތައް މިލިއަން މީހުންގެ ފުރާނައިގެ ބަދަލު، އެމެރިކާގެ ކިބައިން ހޯދުމަށް ކޯޓަށް ދާންޖެހިދާނެ ކަމަށް ބުނެ އެމެރިކާ އަށް ވަނީ އިންޒާރު ދީފައެވެ.

ކޮރޯނާވައިރަސް އިން ލިބުނު ގެއްލުމަށް ޗައިނާ ޒިންމާދާރު ކުރުވުމަށް ގޮވާލަނީ ހަމަ އެކަނި އެމެރިކާއަކުން ނޫނެވެ. ޖަރުމަނުންވެސް ވަނީ ކޮވިޑް-19 ގެ ގެއްލުމުގެ ބަދަލު ހޯދުމަށް 130 ބިލިއަން ޕައުންޑްގެ ބިލެއް ޗައިނާއަށް ފޮނުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!