ޚަބަރު

ހަ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ހުވާ ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަ މެޖިސްޓްރޭޓް ކޯޓަކަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާ ކުރެއްވުމާއި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައެވެ. ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ނ.މަނަދޫ، ރ.މަޑުއްވަރީ،ގދ.ތިނަދޫ އަދި ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

އެގޮތުން ސ.ފޭދޫ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ސ.މަރަދޫ ފޭދޫ މެރީވިލާ، އަލްއުސްތާޛް މުޙައްމަދު ޢަފީފް ވަނީ އައްޔަން ކުރައްވާފައެވެ. އަދި ރ.މަޑުއްވަރީ މެޖިސްޓްރޭޓްކޯޓް އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ، ކޮޅުމަޑުލު މަޑިފުށި ސިގްނަލްގެ، އަލްއުސްތާޒު އަކްރަމް ރަފީއުއެވެ.

މީގެ އިތުރުން ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް،
ގއ.ގެމަނަފުށީ، އެތުމާގެ އަލާއުސްތާޛު އައްމަދު އާދަމް އައްޔަން ކުރެއްވިއިރު، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ ށ.މަގޫދޫ ހަވީރީނާޒް، އަލްއުސްތާޛު އާދަމް ސަލީމްއެވެ.

ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ ގ. ނޫމަރާވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފްއެވެ. އަދި ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ ހދ. ކުޅުދުއްފުށި ނޫރަންގޭ މުޙައްމަދު އިސްމާއިލްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!