ދުނިޔެ

"ސިންގަމް"ގެ ސްޓަންޓް ޖެއްސި މަދްޔަ ޕްރަދޭޝް ޕޮލިހަކު ހޫނުފެނަށް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާގެ ފުލުންނަކީ އެމީހުންނާއި ބެހޭގޮތުން ވަރަށް ގިނަ ތަފާތު ވާހަކަ އަޑުއިވޭ ބައެކެވެ. މިފަހަރު މިއޮތީ ވަރަށް ތަފާތު ކަމެކެވެ. އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ގިނަބަޔަކު ދަންނަ "ސިންގަމް"ގައި އަޖޭ ދޭވްގަން ޖެއްސި ފަދަ މޮޅު ސްޓަންޓެއް މަދްޔަ ޕްރަދޭޝްގެ ފުލުހަކު ޖެއްސި ވީޑިއޯއެއް މީސް މީޑިޔާގައި ވަނީ އާންމު ވެފައެވެ.

Ads by WAMCO

މަޑުމަޑުން ދުއްވާފައިވާ އައި ދެ ކާރަށް ދެފައި ލައިގެން މެދުގައި ކޮޅަށް ހުންނަނީ މަދްޔަ ޕްރަދޭޝްގެ ދަމޯ ޑިސްޓްރިކްޓްގެ ސަބް އިންސްޕެކްޓަރ މަނޯޖް ޔާދަވްއެވެ. ޔާދަން ހުންނަނީ ފުލުހުންގެ ކާކީ ކުލައިގެ ޔުނިފޯމްގައެވެ. ވިޑިއޯ އިން "ސިންގަމް" ފިލްމުގެ ލަވަ ވެސް އަޑުއިވެއެވެ. މި ވީޑިއޯ އާންމު ވުމާއެކު ބައެއް އާންމުން ވަނީ ޔާދަވް އަށް ތަޢުރީފް ކޮށްފައެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ މިއީ ފުލުހުންގެ ޔުނިފޯމަށް އިޙްތިރާމް ކުޑަކޮށް ކުރި ޢަމަލެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މިކަމާ ހިތް ހަމަ ނުޖެހޭކަން ވަނީ ފާޅުކޮށްފައެވެ.
ފުލުހުންނަށް މިކަންވީ، " ކަންދެއްކުމުގެ" އަމަލަކަށެވެ. އެހެން ކަމުން ފުލުހުން ވަނީ ޔާދަވްއަށް ނޯޓިސްދީ، 5000 ރުޕީސް އިން ޖޫރިމަނާކޮށް އޭނާގެ މައްސަލަ އިތުރަށް ބަލަން ފަށާފައެވެ.

މި ސްޓަންޓް ތެރޭގައި ޔާދަވްއަށް އަނިޔާވި ކަމުގެ ވާހަކަވެސް ސޯޝަލް މީޑިޔާގައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!