ދުނިޔެ

ކޮވިޑް-19 ގެ ޙާލަތުގައި ޒުވާނުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ހެރީ ތަޢުރީފް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޝާހީ އާއިލާގެ ޝާހީ ވަޒީފާ އާ ޒިންމާތައް ދޫކޮށް، އަންހެނުން މޭގަން އަދި ދަރިފުޅު އާޗީއާއި އެކު އެމެރިކާއަށް ބަދަލުވެފައިވާ ހެރީ، އާންމު ކުރި ވީޑިއޯ މެސެޖެއްގައި ވަނީ، އިނގިރޭސިވިލާތުގެ ކޮވިޑް-19 ޙާލަތާ ގުޅިގެން ކުރެވޭ އެކި މަސައްކަތް ތަކުގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑުކަމަށާއި، އެކަން ފެނުމުން ވަރަށް އުފާވާކަން ފާހަގަ ކޮށްފައެވެ.

Ads by WAMCO

ލަންޑަންގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާ އެއް ކަމަށްވާ "އޮން ސައިޑް"ގެ ޒުވާނުންނަށް ޚާއްސަކޮށް ފޮނުވި މި ވީޑިއޯ މެސެޖްގައި، އެމީހުނާ އެކު ލަންޑަންގައި ހެރީ ހޭދަކުރި އުފާވެރި ދުވަސްތައް މަތިން ވަނީ ހަނދާން އާ ކޮށްފައެވެ. ޝާހީ އާއިލާ އާ ދުރަށް ދިޔަސް މިގޮތަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ތަކާ ހެރީ އާ ގާތް ގުޅުމެއް އަދިވެސް އޮވެއެވެ.

ހެރީ މިހާރު ދިރިއުޅޭ ލޮސް އެންޖަލިސްގައި ހުންނަ ގޭގައި ރެކޯޑްކޮށް ފޮނުވި މި މެސެޖްގައި، ވަނީ މިދިޔަ 6 ހަފްތާ އަކީ އެ ޖަމްޢިއްޔާގެ މެމްބަރުންނަށް ވެސް ވަރަށް ދަތި 6 ހަފްތާކަން ގަބޫލު ކުރެވޭ ކަމަށާ، ނަމަވެސް މިއީ ހަމަ ވަގުތު ކޮޅެއްގެ ކަމެއް ކަމަށާއި، މިކަންވެސް އިސާހިތަކު ނިމިގެން ހިނގައިދާނެކަމަށް ބުނެ އެ ޖަމްޢިއްޔާ ހިންގުމުގައި އުޅޭ އެހެން ޒުވާނުންނަށް ހެރީ ވަނީ ހިތްވަރު ދީފައެވެ.

މިދަތި ދުވަސް ތަކުގައި، އަމިއްލަ އަށް ރައްކާތެރިވެ އެހެން މީހުންގެ ދިރިއުޅުން ފަސޭހަ ކުރަން ކޮށްދޭ މަސައްކަތަށް ސާބަސްދޭ ކަމަށާ، އެމީހުން އެކުރަނީ ކިހާ ބުރަ އަދި ކިހާ މުހިންމު މަސައްކަތެއްކަން ކޮންމެ ކޮންމެ މީހަކަށް އިހްސާސް ނުވެދާނެ ކަމަށާއި، ނަމަވެސް އެއީ ފަޚުރުވެރިވުން ހައްޤު މަސައްކަތެއްކަން ހެރީ ވަނީ ހަނދާންކޮށްދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!