ދުނިޔެ

ރަޝިޔާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ، ކޮވިޑް-19 ޖެހިފައިވާ 5 މީހަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރަޝިޔާގެ ސެއިންޓް ޕީޓާސްބާގްގައި ހުންނަ ސެއިންޓް ޖޯޖް ހޮސްޕިޓަލްގައި އަލިފާން ރޯވެ، އެ ހޮސްޕިޓަލްގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ދިޔަ، ކޮވިޑް-19 ގެ ފަސް ބަލި މީހަކު މަރުވެއްޖެއެވެ.

Ads by WAMCO

ނަން ހާމަ ނުކުރާ އޮފިޝަލަކު "ޓަސް ނިއުސް" އަށް މަޢުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެފައިވަނީ ހޮސްޕިޓަލްގެ އައި.ސީ.ޔޫ. ގައި ކަމަށާ، އަލިފާން ރޯވިތާ ބައިގަޑިއެއްހާ އިރު ތެރޭގައި އަލިފާންގަނޑު ވަނީ ނިވާލާފައެވެ.
"އިންޓަރފެކްސް" ނިއުސް އޭޖެންސީއަށް މަޢުލޫމާތުދެމުން، ނަންހާމަ ކުރަން ބޭނުން ނުވާ ހޮސްޕިޓަލްގެ މުވައްޒަފަކު ބުނީ، އަލިފާން ރޯވެފައިވަނީ ވެންޓިލޭޓަރުގެ މައްސަލައަކުން ކަމަށް ބެލެވޭ ކަމަށެވެ.

ރަޝިޔާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ސެއިންޓް ޕީޓާސްބާގް ގެ ޕޮލިހުން ވަނީ މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަން ފަށާފައެވެ.
މިއީ ރަޝިޔާގެ ހޮސްޕިޓަލެއްގައި މިގޮތަށް އަލިފާނުގެ ހާދިސާ ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ހޮނިހިރު ދުވަހުވެސް މޮސްކޯގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބަލިމީހަކު ވަނީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!