ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލު ނޭޅިނަމަ ކޮވިޑުގައި އެތައް ހާސް ބަޔަކު މަރުވީސްކަން ކަށަވަރު: ޝުޖާއު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލު ނޭޅުއްވިނަމަ މިއަދު ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖެއިން އެތައް ހާސް ބަޔަކު މަރުވީސްކަން ކަށަވަރު ކަމަށް ޕީއެންސީގެ އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީން ޖަލުގައި އޮންނަވާތާ އަހަރެއްވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އިހުތިޖާޖުގައި މާފުށި ކައިރީ ކަނޑުމަތީގައި ސަޕޯޓަރުންނާއި މުހާތަބު ޝުޖާއު ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތުގައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ނޭޅިނަމަ ކޮވިޑުގައި ރާއްޖެއިން އެތައްހާސް ބަޔަކު މަރުވީސްކަން ކަށަވަރު ކަމަށެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ، ތައުލީމީ ނިޒާމަށް ރައީސް ޔާމީންގެ ވެރިކަމުގައި އިންގިލާބީ ބަދަލެއް ގެނެސްދީފައި ވަނިކޮށް މިސަރުކާރުން ތައުލީމީ ނިޒާމު ވެސް ފުނޑާލައިފި ކަމަށެވެ.

"ރައީސް ޔާމީން މިގައުމުގައި ހިއްޕަވައިދެއްވި ގައުމިއްޔަތު މިއަދަކު ނެތް، މިސަރުކާރުން ގައުމު ހިންގަނީ ރައްޔިތުން ގޭބަންދުގައި ބައިތިއްބައިގެން. ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ދައުލަތުގެ މާލިއްޔަތުގައި ހުރި 900 މިލިއަން ޑޮލަރު މިސަރުކާރުން ކައި ހުސްކޮށްފި. ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ކޮށްފައިވަނީ ހަރާމް ހުކުމެއް" ޝުޖާއު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ސައްޕޭ

    ދަރުމަވަންތަ ހޮސްޕިޓަލް އެއީ ފުރާނަ އަޅުއްވާ ފަރާތެއްތޯ؟

  2. މުޙަންމަދު

    ކީއްކުރާނީ. މުސްލިމެކޯ އެއީވެސް.

  3. ރޮބިން

    ވަކި މީހަކު ވަކިކަހަލަ ތަނެއް އެޅީމަކާ އެއްނޫން ފުރާނަ ސަލާްމަށް ވީކީ.. ނޫނީ ފަރުވާއެއް ލިބެނީކީ..
    ދަރުމަވަންތަ ނެތްނަމަ އެހެން ތަނެއްގަ ފަރުވާ ދެވޭނެ.. ހިދުމަތް ލިބޭނެ…
    ދަރުމަވަންތަ އެޅުމުގައި ބޮޑަށް އޮތީ ކޮރަޕްޝަން އިން ކާލަން ލިބުނު ރައްޔިތުންގެ ލާރިގަނޑު ވިއްޔަ..

  4. ފޫހި

    ބަލަ މިހިރަ ގަމާރާ، ހުވާ މިބުނީ ރުޅި ގަދަވެގެން ގޮސް އަވަދި ވާ ވަރު ވޭ ނޫހެއް ކިޔާލަން އުޅުނަސް