ދުނިޔެ

ފްލައިޓްތައް ކެންސަލް ވުމުން ޖަރުމަނު މީހަކު ދިއްލީ އެއަރޕޯޓްގައި ދިރިއުޅޭތާ ދެމަސް

ދެން އެމްވީ ، ދެން އޮންލައިން

މާރޗް މަހުން ފެށިގެން އިންޑިއާގައި އުދުހުންތައް ހުއްޓާލުމާއި ގުޅިގެން އިންޑިޔާގެ އެކި ހިސާބުގައި ތާށިވެފައި ބައިވަރު މީހުން އެބަ ތިއްބެވެ. މިގޮތަށް ފްލައިޓް ކެންސަލްވި ޖަރުމަނުގެ މީހަކު އޭނާގެ ގައުމަށް ނުދެވި ދިއްލީގެ އިންދްރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތާށިވެ، އެތަނުގައި ދިރިއުޅެމުން ގެންދާތާ ދެމަސް ވަނީއެވެ.

Ads by Sosun Fihaara

40 އަހަރުގެ އެދްގާޑް ޒީބާޓް އަކީ ހެނޯއީ އިން އިސްތަންބޫލަށް ދިޔުމަށްޓަކައި ދަތުރު ކުރި މީހެކެވެ. ފްލައިޓް ކެންސަލް ވުމުން އިންޑިޔާގައި މަޑުކުރަން ޖެހުނީއެވެ. ކުށުގެ ރެކޯޑް އޮތުމުގެ ސަބަބުން ޒީބާޓްއަށް އިންޑިޔާ ވިސާއެއް ނުދިނެވެ. އަދި ހަމަ މި ކަމުގެ ސަބަބުން ޖަރުމަނުން އޭނާ ގެންދާކަށް ބޭނުމެއް ނުވިއެވެ.

އެއަރޕޯޓްގެ އޮފިޝަލަކު ހާމަ ކުރި ގޮތުގައި، ޒީބާޓް އާއި އެކު އިތުރު ހަތަރު މީހަކު ހަފްތާއެއް ވަންދެން ޓަރމިނަލްގައި ތާށިވެފައި ތިއްބެވެ. އެއީ ސްރީލަންކާގެ ދެމީހަކާ، ދިވެހިރާއްޖެ މީހެއްގެ އިތުރުން ފިލިޕީންސް މީހެކެވެ. ނަމަވެސް އެމީހުންގެ ގައުމުތަކުގެ އެމްބަސީތަކާ ގުޅައިދިނުމުން އެ ގައުމުތަކުގެ އެމްބަސީއިންތަކުން ވަނީ އެމީހުން ގެންދިއުމުގެ އިންތިޒާމް ކޮށްފައެވެ. ނަމަވެސް ޒީބާޓް އަކީ ޖަރުމަނުގެ ފުލުހުން ހޯދަމުންދާ ކުށްވެރިއެއްކަމުން، އެހެން ގައުމެއްގައި ހުއްޓާ ގެންދަން ބޭނުން ނުވާކަމަށް ބުނެ ޖަރުމަނުން އޭނާ ނުގެންދިޔައީއެވެ.
އެހެންކަމުން އިންޑިޔާއަށް އެތެރެ ނުވެވި، ގައުމަށްވެސް ނުދެވި ޒީބާޓް ޓަރމިނަލް ގައި ދިރިއުޅެން މަޖުބޫރުވީއެވެ.

އެއަރޕޯޓް މުވައްޒަފުން މައުލޫމާތު ދޭ ގޮތުގައި، މަޖައްލާ އާ ނޫސް ކިޔަމުން، އެތަނުގެ މުވައްޒަފުންނާ ވާހަކަ ދައްކަމުން ޒީބާޓް ދުވަސް ތައް ހޭދަކުރަމުން ދެއެވެ. ނިދަނީ އެތަނުގެ ގޮނޑިތަކުގައި އާއި ތަޅުންގަނޑުގައެވެ. މުޅި އެއަރޕޯޓް ފަސިންޖަރުންނަށް ބަންދުކޮށްފައިވުމުން ޓަރމިނަލްގައި އުޅޭ ހަމަ އެކަނި މީހަކީ ޒީބާޓްއެވެ. ޓާރމިނަލްގެ ފަރާތުން ތަންކޮޅެއް އަރާމުގައި ފައިދަމާލައިން ނިދޭ ގޮތަށް ގޮނޑިއަކާ، މަދިރި ގެއާ ކާއެއްޗެހީގެ އިތުރުން ޒަރޫރީ ބައެއް ސާމާނު އޭނާއަށް ފޯރުކޮށްދިނެވެ.

އެއަރޕޯޓް ހުޅުވުނުހާ އަވަހަކަށް ފުރާނެކަމަށް ޒީބާޓް ބުނެއެވެ. ނަމަވެސް އެއަރޕޯޓް ހުޅުވެން އަދި ކިހާ ދުވަހެއް ނަގާނެކަމެއް ބުނަން އެކަކަށްވެސް ނޭނގެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!