ދުނިޔެ

ލޮކްޑައުންއަށް ލުއި ދިންތާ މަހެއް ވި އިރު ފްލޮރިޑާގެ ކޮކޯ ބީޗްގައި 6000 ކިލޯގެ ކުނި

ދެން އެމްވީ ، ދެން އޮންލައިން

ގައުމުތަކުގެ ސަރުކާރުތަކުން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް ލުއި ކުރަމުން ގޮސް ފްލޮރިޑާގެ އާންމުންނަށް ގޮނޑުދޮށްތައް ހުޅުވާލިތާ މަހެއް ވީ އިރު 6000 ކިލޯގެ ކުނި އެކި ހިސާބުތަކަށް އުކާލެވިފައިވާ ހުއްޓާ ނަގައިފިއެވެ.

Ads by WAMCO

މިކަމުގެ ސަބަބުން ކޮކޯ ބީޗް ފުލުހުންވަނީ ގޮނޑުދޮށަށް ކުނި އަޅާމީހުން 250 ޑޮލަރުން ޖޫރިމަނާކުރާނެކަމުގެ އިންޒާރު ދީ ބަޔާނެއް ނެރެފައެވެ.
މި ބަޔާނުގައި ވަނީ، ލޮކްޑައުންއަށް ލުއިދެމުން ދާ ވަރަކަށް ކޮކޯ ބީޗް އަށް ކުނި އަޅާ ހަޑިކުރާވަރު އިތުރުވަމުންދާ ކަމަށާއި، މިކަން މިގޮތަށް ވާން ދޫކޮށް ނުލެވޭނެ ކަމަށެވެ. އެހެންކަމުން ކުނި އަޅާމީހުން ޕޮލިހުންނަށް ނުފެނުނު ނަމަވެސް ބީޗް ބޭނުންކުރާ އެހެން މީހުންވެސް މިކަމަށް މީހުން ހޭލުންތެރިކޮށް، ފުލުހުންނަށް އެއްބާރުލުން ދިނުމަށް ވަނީ ގޮވާލާފައެވެ.

ގޮނޑުދޮށް ސާފު ކުރާމީހުން މިދިޔަ ތިން ދުވަސްމަތިން ވަނީ 297 ގޯނީގެ ކުނި ނަގާފައެވެ. މި ގުރޫޕްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ މިގޮތަށް އުކާލެވޭ ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އަދި ދޫނިސޫފާ ސޫފިތަކަށް ވެސް ގެއްލުން ލިބޭ ކަމަށާއި، މިއީ ގޯސް އާދައެއްގެ އިތުރުން ތިމާވެއްޓަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!