Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

10 ދުވަސް ތެރޭގައި 11 މިލިއަން މީހުން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ވުހާން އިން ތައްޔާރުވެއްޖެ

ކޮވިޑް-19 އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ފެތުރުނު ވުހާން އިން އެބަލި ކޮންޓްރޯލް ވީފަހުން އަލުން ބަލި ފެނުމާއި އެކު، އެ ސިޓީގެ 11 މިލިއަން މީހުން މިބައްޔަށް ޓެސްޓްކުރުގެ އަމާޒު ވުހާން އިން ހިފައިފިއެވެ. އަދި މިކަން 10 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ގަސްތު ކޮށްފައެވެ.

މި ޓެސްޓް ކުރުމުގައި އިސްކަން ދޭނީ، އުމުރުން ދުވަސްވީ މީހުނާ، ބައިބޯތަންތަނުގައި ދިރިއުޅޭ މީހުނާއި، އެއްތަނުން އަނެއްތަނަށް އަވަހަށް ބަދަލުވެ އުޅޭ މީހުނަށެވެ.

ޗައިނާއަކީ އެންމެ ގިނަ އަދަދެއްގެ މީހުން ލޮކްޑައުންގައި ބޭތިއްބި އަދި އެންމެ އަވަހަށް ލޮކްޑައުން އުވާލި ގައުމެވެ. ނަމަވެސް މިގައުމުގައި އަދިވެސް ރައްކާތެރިވުމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ވުހާންގެ މޭޔަރު އޮފީހުގެ އޮފިޝަލަކު ވަނީ 10 ދުވަސް ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ޓެސްޓް ކުރާނެކަން ޔަގީން ކޮށްދީފައެވެ.

ވުހާން އިން އެންމެ ފުރަތަމަ މި ބަލި ފެނިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަސް ތެރޭގައެވެ. އަދި ޖެނުއަރީ މަހު ސަރުކާރުން ވަނީ 50 މިލިއަން މީހުން ދިރިއުޅޭ އެސިޓީ ލޮކްޑައުން ކޮށްފައެވެ.

Advertisement
Ooredoo — Square (box)

އޭގެފަހުން ބަލި ކޮންޓްރޯލް ކުރަމުން ގޮސް ވުހާން އިން ކޮވިޑް-19 އެއްކޮށް ފިލާފައި ވަނިކޮށް އަލުން ކޭސްތަކެއް ފެނުމުން އިތުރު 11 މިލިއަން މީހުން ޓެސްޓް ކުރަން ނިންމީއެވެ. ބަލި އެންމެ ބޮޑަށް ފެތުރުނު އިރު 5 މިލިއަން މީހަކު ވަނީ ޓެސްޓް ކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް