Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އެމެރިކާގެ ވައިޓްހައުސްއަށް ވަންނަ އެންމެން މާސްކް އަޅަން އަންގައިފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު އަދި ސަރުކާރު ހިންގާ މައި އިދާރާ ވައިޓް ހައުސްގެ ހުޅަނގު ފަރާތަށް ވަންނަ އެންމެން މާސްކް އަޅަން އަންގާފައިވާކަމަށް ރޮއިޓަރސް އިން ހާމަ ކޮށްފިއެވެ.

ވައިޓް ހައުސް އިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ވައިޓް ހައުސްއަށް ވަދެ އުޅުމުގައި ރައްކާތެރިކަން ބަހައްޓަންވީ ގޮތުގެ އާ އަދި ހަރުކަށި ގަވާއިދުތަކެއް ހަދާފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނައިބު ރައީސް މައިކް ޕެންސް ކޮވިޑް-19 އިން ރައްކާތެރިކުރުމަށް ކަމަށެވެ.

މިހާތަނަށް ޓްރަމްޕްގެ އެހީތެރިއަކާ ޕެންސްގެ ޕްރެސް ސެކްރެޓަރީ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް 73 އަހަރުގެ ޓްރަމްޕް ބުނީ، މިއީ ވައިޓް ހައުސްގެ ނިޒާމެއް ފޭލް ވެގެން ބަލި ޖެހުނު ބައެއްނޫންކަމަށެވެ. ޓްރަމްޕް އަދިވެސް ފެންނަނީ ބައްޔަށް އެއްވެސް ބިރެއްނެތި އެއްވެސް އިރަކު މާސްކާ ނާޅާ އުޅޭތަނެވެ. ނަމަވެސް ހޯމަދުވަހުން ފެށިގެން ޓްރަމްޕްގެ ދަނބިދަރިފުޅު އަދި ސީނިއަރ އެޑަވައިޒަރ ޖެރާޑް ކުރުޝްނާ ވެސް ވަނީ މާސްކް އަޅަން ފަށާފައެވެ.

Advertisement
Ooredoo — Square (box)

ޓްރަމްޕް އާ ގާތުން މަސައްކަތް ކުރާ މީހުން ކުރިން މާސްކް ނޭޅިކަމުގައި ވިޔަސް، ގަވައިދުން ކޮރޯނާވައިރަހަށް ސްކްރީން ކުރެއެވެ. މިދިޔަ ހޮނިހިރު ދުވަހު އަސްކަރިއްޔާގެ އިސްވެރިންނާ ޓްރަމްޕް ބައްދަލުކުރިއިރު އެމީހުންވެސް ތިބީ މާސްކް ނާޅައެވެ. ނަމަވެސް ޕެންޓަގަންގެ ތަރުޖަމާން ހާމަ ކުރި ގޮތުގައި އެ ބައްދަލު ވުމުގެ ކުރިން އެމީހުން ތިބީ ންކޮވިޑް-19 އަށް ޓެސްޓް ކޮށްގެނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް