ދުނިޔެ

ކެނެޑާ އަދި އެމެރިކާއަށް އަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ޖޫން މަހުގެ 21 ހަމައަށް ދެމިގެން ހިނގައިދާނެ

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާ އަދި ކެނެޑާއަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ޖޫންމަހުގެ 21 އާއި ހަމަޔަށް ދެމިގެން ހިނގައިދާނެ ކަމަށް އެގައުމުތަކުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

Ads by WAMCO

ކެނެޑާ ސަރުކާރުގެ އޮފިޝަލަކާއި ވޮޝިންގޓަން ޑީ.ސީ ގެ އޮފިޝަލަކު ރޮއިޓަރސް އަށް މައުލޫމާތު ދެމުން ހާމަ ކުރި ގޮތުގައި މި ދެ ގައުމުގައި ގާއިމްކޮށްފައިވާ ދަތުރުކުރުން މަނާކުރުމުގެ އަމުރު ޖޫން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރާނެ ކަމަށް ބެލެވެއެވެ. ކޮވިޑް-19 އާ ގުޅިގެން މި ދެ ގައުމުގެ ބޯޑަރު ބަންދު ކުރުމަށް، 18 އޭޕްރިލްގައި އެއްބަސްވީ ވެސް ދެގައުމުން އެކުގައެވެ.

ކެނެޑާގެ އޮފިޝަލުގެ ވާހަކައިގައި އިތުރަށް ފާހަގަ ކޮށްފައިވަނީ، ޙާލަތު އޮތްގޮތުން، އަވަސް އަރުވާލައިގެން ދަތުރުކުރުން ހުޅުވާ ނުލާނެ ކަމަށާއި ، މި އަމުރު މުއްދަތު އިތުރު ކުރަން ވިސްނަނީ އެންމެންގެ ރައްކާތެރިކަމަށް ކަމަށެވެ.

އަންގާރަ ދުވަހު ކެނެޑާގެ ޗީފް ޕަބްލިކް ހެލްތު އޮފިސަރު ހާމަ ކުރި ގޮތުގައި، އެމެރިކާގައި ބަލިޖެހޭމީހުން އިތުރު ވެގެން ދިއުމުގެ ސަބަބުން، ކެނެޑާއަށް އެކަމުގެ ނުރައްކާ އޮތް ކަމަށެވެ. އެހެންކަމުން ދަތުރުކުރުން މަނާ ކުރުމުގެ އަމުރުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރާނެ ކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ "ދަ ގްލޯބަލް" އަދި ''މެއިލް" ނޫހުންނެވެ. ކެނެޑާގެ ބޮޑުވަޒީރު ވެސް ވަނީ، ބޯޑަރު ހުރަސްކޮށް ކުރާ މުޢާލާތްތައް ރަނގަޅަށް ބެލެހެއްޓެމުން އަންނަ ކަމަށް ބުނެފައެވެ.

މިހާރު އޮތް އެގްރީމެންޓްގެ ދަށުން ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ކާގޯ ފޮނުވާ ހެދެއެވެ. ކެނެޑާގެ އެކްސްޕޯޓްގެ 75 އިންސައްތައަކީ އެމެރިކާއިން އިމްޕޯޓް ކުރާ ތަކެއްޗެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!