ޚަބަރު

ސުޕްރީމް ކޯޓު ރިސެސްއަށް ހިނގައްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު (ސުޕްރީމް ކޯޓު) ރިސެސްއަަށް ހިނގައްޖެއެވެ.

Ads by Sosun Fihaara

އެކޯޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ހަތް ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ އަހަރަކުވެސް ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހު ކަމަށާއި މެދުކެނޑުމެއްނެތި ހިންގުމަށްފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހު ކަމަށެވެ.

އެ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

ސުޕްރީމް ކޯޓު ރިސެސް ގައި އޮންނަ މުއްދަތުގައި ވެސް އެ ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވެސް ސުޕްރީމް އެކޯޓުން މައުލޫމާތު ދީފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!