Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ފޮއްޓެއްގެ ތެރެއިން ، މަރާލާފައިވާ އިންސާނެއްގެ ބައިތައް ފެނިއްޖެ

ސޫޓް ކޭހެން ހިފައިގެން، އިންގްލެންޑްގެ ހުޅަނގު ދެކުނުގެ ގްލޮސްޓަޝަރގެ މަގެއް މަތިން ހިނގާފައި ދިޔަ ދެ މީހަކާމެދު ޝައްކު ވެގެން ފުލުހުން މިދެމީހުން ހުއްޓުވާ، ފާސްކުރުމުގެ ތެރޭގައި، މަރާލާފައިވާ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެއެވެ.

ވިހީގެ އަހަރު ތަކުގެ އަންހެނަކާ ތިރީހުގެ އަހަރު ތަކުގެ ފިރިހެނަކު ހިފައިގެން ދިޔަ މި ފޮށިން އިންސާނެއްގެ ބައިތަކެއް ފެނުނު އިރު ހަށިގަނޑުގެ އެހެން ބައިތަކެއް ވެސް އެހިސާބު އިތުރަށް ބެލި ބެލުމުން ފެނިފައިވެއެވެ. އަންގާރަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން މި ދެމީހުން ހައްޔަރުކޮށް މީހަކު މަރާލި ކަމުގެ ތަހުގީގު ވަނީ ފަށާފައެވެ.

މި ހާދިސާ ހިނގި ހިސާބުގެ ޖަންގަލީގެ ބޮޑުބައެއް ބަންދު ކޮށްގެން އަދިވެސް ދަނީ ބަލަމުންނެވެ. އިންސާނުންގެ ބައިތައް ސީދާ ފެނުނު ހިސާބެއް ނޭނގުނަސް 3 ޓެންޓެއްވެސް ޖަހައިގެން ފުލުހުން އަންނަނީ މި ހިސާބުގައި މަސައްކަތް ކުރަމުންނެވެ. މި ހިސާބުގެ މަގުތައް ބަންދުކޮށްފައިވީ ނަމަވެސް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތެއް އެ ހިސާބު މީހުނަކަށް ވެސް ނޭނގެއެވެ.

Advertisement
HDC — Sidebar (box)

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް