Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވާ މީހުންގެ އަދަދު އިތުރު ކޮށްފައިވޭތޯ ޓްރަމްޕް ސުވާލު އުފައްދައިފި

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އުތުރުކޮށްގެން ގުނާފައިވޭތޯ ރައީސް ޓްރަމްޕް ސުވާލު އުފައްދައިފިއެވެ. މިކަމަށް ސުވާލު އުފައްދާ، ޓްރަމްޕް އަދި އޭނާގެ ގާތް މީހުންވަނީ، ސިއްހީ އިދާރަތަކުން ގެންނަ ލިޔެލިޔުންތަށް ޗެކް އިތުރަށް ބަލަން ފަށާފައެވެ. ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ޓްރަމްޕްގެ ފަރާތުން މި ފެންނަނީ މި ފަދަ ގަބޫލު ކުރަން އުނދަގޫ ކަންކަމެވެ.

މަރުވާ މީހުންގެ އަދާދާއި މެދު ސުވާލު އުފައްދާ، ފަރުވާގެ ގެންދަންވީ ގޮތަށް ޝައްކުކޮށް، ބަލި ކޮންޓްރޯލް ކުރަން ފަންނީމީހުން ދޭ ލަފަޔާ ދެކޮޅަށް ބަހުސްކޮށް އެ ލަފާ ބޮލާލާ ޖަހާ، އެމެރިކާގެ ރައްޔިތުންގެ އެންމެ އިތުބާރުކުރާ ފަންނީ މީހުންނާއި މެދު އިތުބާރު ކުޑަވާގޮތުން ވާހަކަ ދެއްކުން މިއީ ޓްރަމްޕްގެ ފަރާތުން އާންމުކޮށް ފެންނަ ކަންތަކެވެ.

ނަމަވެސް މިއާ ޚިލާފަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރ ޑރ. އެންތަނީ ފައުޗީ ވަނީ، ހަގީގަތުގައި އެމެރިކާއިން ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދު މިއަށްވުރެ ގިނަވާނެ ކަމަށް ލަފާ ކޮށްފައެވެ. ސަބަބަކީ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލަށް ނުގޮސް ގޭގައި މަރުވާ މީހުންގެ އަދަދު ގިނަ ކަމުންނެވެ. ނަމަވެސް މި ގޮތަށް ގޭގައި މަރުވާ މީހުންގެ ސިއްޙީފަރުވާދޭ ތަންތަނުގެ ރެކޯޑްއަކަށް ނާރައެވެ.

Advertisement
Ooredoo — Square (box)

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް