ދުނިޔެ

20 ކުދިންގެ ކިރުމައެއް: އައި.އެސް.އައި.އެސް އިން ހަމަލާދީ މައިންބަފައިން މަރާލުމުން އެކުދިންގެ ފުރާނަ ސަލާމަތް ކުރީ މި އަންހެން މީހާ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބި ބަޔަކު، އަފްޣާނިސްތާނުގެ ހޮސްޕިޓަލަކަށް ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާގައި، މައިން މަރުވި 20 ކުއްޖަކަށް ގާތުން ދިނުމަށް އަފްޣާނިސްތާނުގެ ފިރޯޒާ ޔޫނިސް އޮމަރް ނަމަކަށް ކިޔާ އަންހެނަކު އިސް ނަގައިފިއެވެ.

Ads by Sosun Fihaara

ހަގީގީ ބަޠަލާއެއްގެ ގޮތުގައި ސިފަކޮށް މި މަންމަގެ ވާހަކަ މީޑިޔާތަކުން ގެނެސް ދިނުމުން އެހެން ކިރުމައިންވެސް ވަނީ މިކަމަށް އިސް ނަގަން ފަށާފައެވެ. އަދި ބައެއް މައިންވަނީ މިތަނުން ކުދިން އެޑޮޕްޓް ކުރުމަށް ބޭނުންވާ ކަމަށް ހާމަ ކޮށްފައެވެ.

މި ހަމަލާއިން ސަލާމަތްވި ތުއްތު ކުދިންނަށް ކިރުދޭން އިސްނެގި، ފިރޯޒާއަކީ އެގައުމުގެ އިކޮނޮމިކް މިނިސްޓްރީގައި މަސައްކަތް ކުރާ މީހެކެވެ. 14 މަހުގެ ކުއްޖެއް އޮންނަ ފިރޯޒާ ހާމަ ކުރި ގޮތުގައި، އިންސާނިއްޔަވަންތަ ކަމެއްނެތް މީހުންގެ އަނިޔާއިން އަފްޣާނިސްތާނުގެ އެންމެން ދަނީ ހަލާކުވަމުންނެވެ. "އަހަރެންނަކީ ވެސް އޭގެ ތެރެއިން އަނިޔާ ލިބިފައިވާ އެކަކު" ފިރޯޒާ ބުންޏެވެ.

އަފްޣާންގެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑަށް އަމާޒުކޮށް ދެވުނު ހަމަލާގައި 24 މީހުން މަރުވި އިރު އޭގެ ތެރޭގައި މައިންނާއި، ނަރުހުންގެ އިތުރުން 2 ކުޑަކުދިން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީ އިންވަނީ ހާމަކޮށްފައެވެ. ހަމަލާދިން މީހުން ބަޑި ޖެހުމުގެ ކުރިންވަނީ ކުދި ބޮން ތަކެއް ގޮއްވާފައެވެ. އޭގެފަހުން ސަލާމަތީ ބާރުތަކާ ދެމެދު ހަމަލާ ބަދަލުކޮށް، މި ހަމަލާގައި އިސްކޮށް ތިބި 3 މީހުން ވަނީ މަރާލާފައެވެ. ހަމަލާތަކަށް ފަހު ހޮސްޕިޓަލުން ކުދިންތައް ނެރެގެން ދިޔަ އިރު އެއްކުއްޖަކު ލާފައިވާ ބްލެންކެޓްވަނީ ލެއިން ތަތްތެޅިފައެވެ. މިތަނުން ވިއްސަކަށް ކުދިން ވަނީ ކާބުލްގެ އެހެން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައެވެ.

މި ހަމަލާއިން ސަލާމަތްވި ޚަދީޖާ ކިޔާދިން ގޮތުގައި، ހަމަލާ ދޭންފެށި އޭނާގެ ދަރިފުޅު ވިހެއުމާއި އެކުގައެވެ. އެހެންކަމުން އަލަތު ދަރިފުޅު އުރާނުލެވި އެތައް ގަޑިއިރަކު އިންތިޒާރު ކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. މުޅި ވޯޑުގައި ވަނީ ދުމާއި ވަޒަންކަމަށް ސިފަކޮށްދެމުން ޚަދީޖާ ބުނީ އޭނާއާއި ދަރިފުޅު ސަލާމަތްވި އިރު، ޚަދީޖާ ސަލާމަތްވީ އެތަނުގައި ހުރި މޭޒެއްގެ ދަށަށް ވަދެ ފިލުމުން ކަމަށެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް ރައީސް އަޝްރަފް ޣަނީ ވަނީ މިއީ ޠާލިބާން އާއި އައި.އެސް ހަމަލާއެއްކަމަށް ވިދާޅުވެ ހަމަލާ ކުށްވެރިކޮށްފައެވެ.


Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!