ދުނިޔެ

"މައުތު ވޮޝް" ބޭނުންކޮށްގެން ކޮވިޑް-19 އިން ރައްކާތެރި ވެވިދާނެ - ސައިންސްވެރިން

ދެން އެމްވީ ، ދެން އޮންލައިން

ދަތް އުނގުޅުމަށްފަހު އަނގަދޮވުމަށް ބޭނުންކުރާ އެކި އެކި މައުތު ވޮޝް ބޭނުން ކޮށްގެން ކޮވިޑް-19 އިން ރައްކާތެރިވެވިދާނެ ކަމަށް ސައިންސް ވެރިން ބުނެފިއެވެ. މައުތު ވޮޝްގައި ހިމެނޭ ކެމިކަލްއެއްގެ ސަބަބުން ކޮރޯނާވައިރަސްގެ ބޭރު ފަށަލަ ހަލާކުކޮށް ވައިރަސް ނެތިކޮށްލުމަށް އެހީތެރި ވެދޭނެކަމަށް ސައިންޓިސްނުން ހާމަ ކުރި ނަމަވެސް މިކަމާގުޅޭގޮތުން، މިހާތަނަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް އިތުރު ދިރާސާތަކެއް ވަރަށް އަވަހަށް ކުރަންޖެހޭކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

Ads by Sosun Fihaara

ސައިންޓިސްޓުން މިހެން ބުނި ނަމަވެސް ޑަބްލިއު.އެޗް.އޯ އިން ވަނީ، މައުތު ވޮޝްގެ ސަބަބުން ކޮރޯނާވައިރަސް ނައްތާލެވިދާނެ ކަމުގެ އެއްވެސް ހެއްކެއް އަދި ނުފެންނަ ކަމަށް ހާމަ ކޮށްފައެވެ. ސައިންސްވެރިންގެ ދަޢުވާ އަކީ، ކޮރޯނާވައިރަހަކީ ވެސް އެހެން ބައެއް ވައިރަސް ފަދައިން، އޭގެ ބޭރުގައި "ފެޓީ" ފަށަލައެއް ހިމެނޭ ވައިރަހެއް ކަމުން، މި ބޭރު ފަށަލައަކީ ބައެއް ކަހަލަ ކެމިކަލް އިން ވަރަށް ފަސޭހައިން ހަލާކުވާ ފަށަލައެއް ކަމުން، އެފަދަ ކެމިކަލް މައުތު ވޮޝްގައިވެސް އެކުލެވިފައި ވުމުން، މައުތުވޮޝް ބޭނުންކޮށް މި ވައިރަސް ނައްތާލެވިދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް މައުތު ވޮޝްގެ ކްލިނިކަލް ރިސަރޗެއް ހެދިފައި ނެތުމުން، އެކަން އަވަހަށް ކުރެވިއްޖެނަމަ މައުތު ވޮޝްގައި ހިމަނަން މުހިންމުވާ ކެމިކަލްވެސް އެނގިގެން ދާނެއެވެ.

އިނގިރޭސިވިލަތުގެ ކާޑިފް ޔުނިވަރސިޓީ އިން އިސްނަގައިގެން އެހެން އިންސްޓިޓިއުޓްތަކަކާއި ގުޅިގެން ހިނގި މި ދިރާސައިން އެނގުނު ގޮތުގައި، މައުތު ވޮޝްގައި ހުންނަ ކެމިކަލްގެ ސަބަބުން އަނގައާއި ކަރުގައި ހުންނަ ވައިރަސްތައް ނައްތާލުމަށް އެހީތެރިވެ، އެ ވައިރަސްތައް އިތުރަށް ގިނަވުން ހުއްޓުވާނެއެވެ. ނަމަވެސް މި ބަހުސް ފެށުމާއި އެކު މައުތު ވޮޝްގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ލިސްޓަރިންގެ ވެބްސައިޓްގައި ހާމަ ކޮށްފައިވާ ގޮތުގައި، ކޮރޯނާވައިރަހުން ރައްކާތެރިވޭތޯ ބަލަން އެއްވެސް ދިރާސާއިން އެ ކުންފުނިން ކޮށްފައި ނުވާނެ ކަމަށެވެ. މައުތު ވޮޝްގައިވެސް ހިމެނެނީ ހޭންޑް ސެނެޓައިޒަރގައި ވެސް ބޭނުން ކުރާ އަލްކޮހޯލްއެވެ. ނަމަވެސް ހޭންޑް ސެނެޓައިޒަރގައި 60 އިންސައްތަ އަލްކޮހޯލް ހުރުމުން ނޫނީ އަތުގައި ހުންނަ ވައިރަސް ނުފިލާނެ ކަމަށް ސިއްޙީ އިދާރާތަކުން ބުނަމުން ދާއިރު މައުތު ވޮޝްގައި މި އަލްކޮހޯލް ހުންނަނީ 20 އިންސައްތައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!