ދުނިޔެ

އުފާވެރި ޚަބަރެއް! ކޮރޯނާވައިރަސް ޖެހުމުން ދިއްލޭ މާސްކެއް އުފައްދަނީ

ދެން އެމްވީ ، ދެން އޮންލައިން

ޒިކާ އަދި އެބޯލާވައިރަސް ފާހަގަ ކުރެވޭ "ސެންސަރ" އުފެއްދި ކުންފުނިން، ކޮރޯނާވައިރަސް ޖެހުމުންވެސް ދިއްލޭ މާސްކެއް އުފެއްދުމަށް މަސައްކަތް ކުރަންފަށައިފިއެވެ.

Ads by Sosun Fihaara

މި ޓީމުން މަސައްކަތް ކުރަނީ މިފަދަ ސެންސަރެއް މާސްކުގެ އެތެރޭގައި ހަރުކުރުމުން ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ނޭވާލާ، ކެއްސާ އަދި ކިނބިހި އެޅުމުން އެ މާސްކުގައި އިންނަ ފްލޮރިސަންޓް ލައިޓެއް ދިއްލޭގޮތް ހެދުމަށެވެ

މި މަސައްކަތް ކާމިޔާބު ވެއްޖެނަމަ ހަށިގަނޑުގެ ފިނިހޫނުމިން ބަލައިގެން މީހުން ސްކްރީންކުރާ ގޮތަށް ސްކްރީން ކުރުމަށް މި މާސްކް ބޭނުން ކުރެވޭނެއެވެ. މި މާސްކް އުފައްދަން މަސައްކަތް ކުރާ ކުންފުނިން ހާމަ ކުރި ގޮތުގައި މިކަން ކާމިޔާބު ވެއްޖެނަމަ، އެއަރޕޯޓްތައް ހުޅުވުމުން އެއަރޕޯޓްގެ ސެކިއުރިޓީ އިން އެތެރެވާއިރު އާއި މަތިންދާ ބޯޓަށް އަރާއިރުވެސް ބަލިޖެހިފައިތިބީ ކޮން ބައެއްކަން ސްކްރީން ކުރުމަށް ބޭނުން ކުރެވޭނެއެވެ. ލެބޯޓަރީ އިން ޓެސްޓް ކުރުމުގެ ބަދަލުގައި ޑޮކްޓަރުންވެސް މި މާސްކް ބޭނުންކޮށްގެން ބަލި މީހުން ޓެސްޓް ކުރުމުގެ ފުރުސަތު އެބައޮތެވެ.

ބިޒްނަސް އިންސައިޑަރ އާ ވާހަކަ ދައްކަމުން މި މާސްކް އުފައްދާ ކުންފުނީގެ ވެރިޔާ ޖިމް ކޮލިންސް ހާމަ ކުރިގޮތުގައި، މާސްކްގެ މަސައްކަތް އަދި ނުނިމުނު ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތް ވަރަށް ކާމިޔާބު ކަމަށާ، ވަރަށް ކުޑަ ކުޅު ތިކަކުން ވެސް ވައިރަސް ދެނެގަނެވޭވަރަށް މާސްކް ތަރައްގީ ކުރެވިފައިވެއެވެ. އަދި މާސްކްގެ ބައްޓަން ފަރުމާ ކުރުމުގެ މަސައްކަތް ކަމަށްވެސް ނިމިފައިވާކަމަށް އޭނާ ބުންޏެވެ.. އެހެން ކަމުން ދެން އޮންނާނީ އާންމުންގެ އެހީތެރިކަމާއި އެކު މި މާސްކް ޓެސްޓް ކުރުމެވެ.

ވައިރަސް ދެނެގަންނަ މި ފަދަ ޓެކްނޮލޮޖީތަކަކީ ކުރިންވެސް އީޖާދު ކުރެވިފައިވާ އެއްޗެކެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން ސާރސސ، ހިމަބިހި، އިންފްލުއެންޒާ، ހެޕަޓައިޓިސް ސީ، ވެސްޓް ނައިލް ފަދަ އެހެން ބަލިތައް ޖައްސާ ވައިރަސް، ލެބޯޓަރީ އަކަށް ނުގޮސް ދެނެގަނެވޭގޮތް ވަނީ ހޯދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!