Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އިނގިރޭސި ވިލާތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަތަރު ބައިކުޅަ އެއްބައި މީހުން ހަކުރު ބަލި ހުރޭ

އިނގިރޭސިވިލާތުގައި ކޮވިޑް19 ޖެހިގެން މިހާތަނަށް 33,614 މީހުން މަރުވެފައިވާއިރު، މަރުވި މީހުންގެ ހަތަރު ބައި ކުޅަ އެއްބައި މީހުންނަކީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އައި މީހުން ކަމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ އޮފިޝަލުން ހާމަކޮށްފިއެވެ.

އެގޮތުން އެގައުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާޗު 31 ވަނަ ދުވަހާއި ހަމައަށް މަރުވި މީހުންގެ ތެރެއިން 22333 މީހުނަކީ ހަކުރު ބަލި ހުންނަ މީހުނެވެ. އެއީ މަރުވި މީހުންގެ 26 އިންސައްތައެވެ.

ނަމަވެސް މަރުވި މީހުންގެ ގައިގައި ހުރީ ހަކުރު ބަލި 1 ނުވަތަ 2 ކަމެއް ހާމަކޮށްފައެއްނުވެއެވެ. އިނގިރޭސިވިލާތުގެ އާބާދީގެ 6 އިންސައްތަ މީހުނަކީ ހަކުރު ބަލި ހުންނަ މީހުން ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން، ކޮވިޑް19 ޖެހިގެން އެގައުމުން މަރުވި މީހުންގެ 18 އިންސައްތަ މީހުނަކީ ހަނދާން ނެތޭ ބަލި ހުންނަ މީހުން ކަމަށް ވެސް އެގައުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމައެހެންމެ 15 އިންސައްތަ މީހުނަކީ ފުއްޕާމޭ ގެ މައްސަލަތައް ދިމާވާ މީހުން ކަމަށްވާއިރު މަރުވި މީހުންގެ 14 އިންސައްތަ އަކީ ކިޑްނީ ބަލި ހުންނަ މީހުނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް