ދުނިޔެ

ކޮވިޑް-19 ޓްރެކް ކުރަން ހެދި އެޕުން ބޭފަވާތެރިވާ ބައިވެރިން ފަޅާއަރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ޕޮސިޓިވް ކޭސްތައް ފަސޭހައިން ޓްރެކް ކުރުމަށް، ސައުތު ކޮރެއާގެ 19 އަހަރުގެ ކިޔަވާ ކުއްޖަކު އުފެއްދި އެޕަކުން، ހީ ނުކުރާ ކަހަލަ ނަތީޖާތަކެއް ފެންނަން ފަށައިފިއެވެ.

Ads by WAMCO

"މެޓްރޯ ޔޫ.ކޭ" އިން ގެނެސްދިން ޑޮކިއުމެންޓްރީ އެއްގައި ހާމަ ކުރިގޮތުގައި، މި އެޕްގެ ސަބަބުން އެކަކު އަނެކަކަށް ބޭވަފާތެރިވާ ބައިވެރިންގެ ހަގީގަތް ފަޅާއަރަމުންދާ ކަމަށެވެ. ނަމަވެސް މިއީ އިއްތިފާގަކުން ވި ކަމެއް ކަމަށާއި، މި އެޕް ތަރައްގީ ކުރި ބޭނުމަކީ މިއީ ނޫން ކަމަށް އެޕް އުފެއްދި ފަރާތުން ހާމަ ކުރިއެވެ.

މި އެޕުން ފޯންގެ ޖީ.ޕީ.އެސްގެ މައުލޫމާތުގެ އިތުރުން ކްރެޑިޓް ކާޑުން ކުރެވޭ މުޢާމަލާތް ތަކާއި، ސީ.ސީ.ޓީ.ވީގެ އެހީގައި އެމީހަކު ހުންނަ ތަންވެސް އަންގައިދެއެވެ.

މި ޑޮކިއުމެންޓްރީގައި ވަނީ، ފުލް ލޮކްޑައުން އަކަށް ނުގޮސް ސައުތު ކޮރެޔާއިން ކޮވިޑް-19 ކޮންޓްރޯލް ކުރި ގޮތް ވަރަށް ތަފްޞީލުކޮށް ކިޔައިދީފައެވެ. މި ޑޮކިއުމެންޓްރީގައި ހިމެނެނީ ސައުތު ކޮރެޔާގެ ހޮސްޕިޓަލްތަކާ، ޓެސްޓް ކުރާ މަރުކަޒުތަކުގައި ނެގިފައިވާ ވީޑިއޯ ތަކެވެ. އަދި ސިޔާސީ ފަރާތްތަކާއި ސައިންޓިސްޓުންގެ އިންޓަރވިއުވެސް މި ޑޮކިއުމެންޓަރީގައި ހިމަނާފައިވެއެވެ.

ސައުތު ކޮރެޔާއަކީ ކޮވިޑް-19 ޓްރެކިން އެޕް އެންމެ ފުރަތަމަ ބޭނުން ކުރަން ފެށި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އަދި މި އެޕްތަކުން ލިބޭ މައުލޫމާތު ގަވާއިދުން ސަރުކާރުގެ އިދާރާތަކުން ދިޔައީ ބަލަމުންނެވެ.

ސައުތު ކޮރެޔާއިން ކޮވިޑް-19 އަށް މިހާތަނަށް 10،991 މީހަކު ޕޮޒިޓިވްވެ 260 މީހަކު ވަނީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!