ބުރެވި ތޫފާން ލަންކާއަށް އަރައިފި

ތޫފާން ބުރެވި ސްރީލަންކާއަށް އަރައިފިއެވެ.
ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ތޫފާން އަރާފައިވާ ސަރަހައްދަށް 80 މޭލާއި 90 މޭލާ ދެމެދުގައި ދަނީ ވައި ޖެހެމުންނެވެ.
ސްރީލަންކާ ހުރަސްކޮށް މިތޫފާން ދަތުރު ކުރަމުން ދަނީ އިންޑިއާއާ ދިމާއަށެވެ. ބުރެވި ތޫފާންގެ ސަބަބުން ލަންކާގެ އިތުރުން އަވަށްޓެރި އިންޑިއާގެ ހަތަރު ސްޓޭޓަކަށް ވެސް ވަނީ ރަތް ސަމާލު ނެރެފައެވެ.
ކުރިއަށް އޮތް 4 ވަރަކަށް ދުވަހާއި ހަމައަށް ތޫފާނުގެ އަސަރު ދަށް ނުވާނެ ކަމަށް ސްރީ ލަންކާގެ މެޓުން ވަނީ ބުނެފައެވެ.