ދުނިޔެ

ސްލޮވީނިއާއިން ކޮވިޑް19 ނައްތާލިކަން އިއުލާނުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޔޫރަޕުގެ ގައުމެއް ކަމުގައިވާ ސްލޮވީނިއާ އިން ކޮވިޑް19 ނައްތާލެވިފައިވާ ކަން އެ ގައުމުން އިއުލާނުކޮށްފިއެވެ. އެއާއެކު ސްލޮވީނިއާ ވެފައިވަނީ ކޮވިޑް19 ނައްތާލެވުނު ފުރަތަމަ ޔޫރަޕުގެ ގައުމަށެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮވިޑް19 ޖެހިފައިވާ މީހަކު އެގައުމުގައި މިވަގުތުނެތްކަން ކަށަވަރު ކޮށްފައިވާކަމަށެވެ. ފާއިތުވި ތިން ހަފްތާގައި ކޮވިޑް19 އަށް އެގައުމުން ފައްސިވެފައިވަނީ ތިން މީހުނެވެ. މި ތިން މީހުންވެސް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް އެ ބަޔާނުގައި ހާމަކށްފައިވެއެވެ.

ދެ މިލިއަން މީހުން ގެ އާބާދީއެއް ހަމަނުވާ ސްލޮވީނިއާ އިން ކޮވިޑް19 އަށް ފައްސިވެފައިވަނީ ޖުމްލަ 1464 މީހުނެވެ. އަދި ބަލި ޖެހިގެން 103 މީހުން މަރުވެފައިވެއެވެ.

ކޮވިޑް19 ނައްތާލެވިފައި އޮތް ގައުމެއްގެ ގޮތުގައި ސްލޮވީނިއާ އޮތް އިރު މީގެ ކުރިން ނިއު ޒީލެންޑް އިން ވެސް ވަނީ ވައިރަސް ކޮންޓްރޯލް ކުރި ކަން އިއުލާނުކޮށްފައެވެ. ނަމަވެސް ވައިރަސް ނައްތާލިކަމެއް ނިއުޒީލެންޑުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!