ހިތްފަޅައިގެންދާވަރުވޭ: މާބަނޑު އަނބިމީހާ އާ ދަރިފުޅު ގާޑިޔަލަކަށް ލައިގެން 700 ކިލޯމީޓަރަށް
ލޮކްޑައުން އާ ގުޅިގެން މާބަނޑު އަނބިމީހާ އާއި ދަރިފުޅު ގާޑިޔަލަކަށް ލައިގެން ހިނގާފައި 700 މީޓަރުގެ ދަތުރެއް ކުރި އިންޑިއާ މީހަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
މަދްޔާ ޕްރަދޭޝް އިން ހައިދްރަބާދަށް ރާމޫ ދަތުރު ކޮށްފައިވަނި ލޮކްޑައުން އާއި ގުޅިގެން ވަޒީފާ ގެއްލުމުން ކަމުގައި އިންޑިއާ ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ. އަދި މި ދަތުރު އޭނާގެ މާބަނޑު އަނބިމީހާ ދަންވަތާ އާއި ދަރިފުޅު އަނުރާގީ ގެންގޮސްފައިވަނީ ލަކުޑިއާއި ދަނޑިން އޭނާ ހެދި ގާޑިޔަލެއްގައެވެ.
އެގޮތުން މި ދަތުރުގައި ކާއެއްޗެއް ނެތި އޭނާ ވަނީ އެތައް ދުވަހެއް ވަނީ ހޭދަކޮށްފައިވެއެވެ.
އެގޮތުން ރާމޫ އެންމެ ފުރަތަމަ މަސައްކަތް ކުރީ ދަރިފުޅު އޮރައިގެން ހިނގާފައި ދިއުމަށް ކަމަށާއި ނަމަވެސް އެހާ ދުރު ރާސްތާ އަކަށް ހިނގުމަށް އޭނާގެ އަންހެނުންނަށް ވީ ވަރަށް ދަތިކަމަކަށްކަން އޭނާ ވަނީ ހިއްސާކޮށްފައެވެ. އެއާއެކު އޭނާ ކައިރި ޖަންގަލި ތަކުން އެއްކުރި ލަކުޑިއާއި ދަަނޑި ބޭނުން ކޮށްގެން ކަމަށް، އެންޑީޓީވީ ގައި ވާހަކަ ދައްކަމުން ރާމޫ ބުނެފައިވެއެވެ.
ރާމޫގެ އާއިލާ ރާމޫ ނިސްބަތްވާ މަހަރާޝްތްރާ އަވަށަށް ވަދެވުމާއެކު، އެތާގެ ފުލުހުން ވަނީ އެ އާއިލާ އަށް ކާތަކެތި ފޯރުކޮށްދީފައެވެ. އަދި މެޑިކަލް ޗެކަޕް އެއްގެ އިންތިޒާމު ވެސް ފުލުހުން ވަނީ އެއާއިލާއަށް ހަމަޖައްސައިދީފައެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިޢުލާން ކުރި ލޮކްޑައުންގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާގައި ގެންގުޅޭ މީހުންނަށް މުސާރަ ދެވެން ނެތުމުން އެތައް ހާސް މޭލަކަށް ހިނގާފައި އުފަން ސަރަޙައްދަށް ދިއުމަށް ނިކުންނަ މީހުންގެ އަދަދު ވެސް ހާހުން ގުނޭނެއެވެ.