ދުނިޔެ

މެނޫގެ އެންމެ ފަހަތު ގަނޑުގައި ޖަހައިގެން އަދިވެސް އިންޑޮނޭޝިއާގެ ރެސްޓޯރެންޓްތަކުގައި ކެއުމަށް ވާ ބޭނުން ކުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް އަކީ ވާލުގެ ޒަރީޢާއިން ޖެހުނު އެއްޗެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް އިންޑިނޭޝިޔާގައި އަދިވެސް ކެއުމަށް ވާ ބޭނުން ކުރާކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

Ads by WAMCO

އެ މީޑިއާތަކުން ހާމަކުރި ގޮތުގައި ވުހާން އަށް ލިބުނު ބޮޑު ގެއްލުމުން އިބްރަތް ލިބިގަނެގެން މިފަދަ ވަލު ޖަނަވާރު ކެއުން ހުއްޓާލާކަށް އެގައުމުން ބޭނުމެއް ނުވެއެވެ. މެނޫގެ އެންމެ ފަހަތު ގަނޑުގައި ޖަހައިގެން އަދިވެސް އިންޑޮނޭޝިޔާގެ ރެސްޓޯރެންޓް ތަކުގައި ވާ ކެއުމަށް ލިބެން ހުރެއެވެ.

އިންޑޮނޭޝިޔާގެ ވަލުޖަނަވާރު ވިއްކާ އެންމެ މަޝްހޫރު މާރުކެޓް ކަމަށްވާ ޓޮހޮމަން މާރކެޓްގައި ވާލާއި،ހަރުފާ އަދި މީދަލުގެ އިތުރުން ބޮނޑު މިހާރުވެސް ލިބެން އެބަހުއްޓެވެ. ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކިތަންމެ ވަރަކަށް މިކަން ހުއްޓާލުމަށް ވަކާލާތު ކުރަމުން ދިޔަ ނަމަވެސް ގޭގޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލާއި ކުއްތާވެސް ހިފައިގެން ކަތިލާ ކަމަށް ވެސް ރިޕޯޓްތައް ބުނެފައިވެއެވެ.

200 އަށް ވުރެ ގިނަ ގައުމަށް ކޮރޯނާވައިރަސް ފެތުރިގެން ދިއުމާއި އެކު، ވަލުޖަނަވާރު ހިފައިގެން ކެއުން މަނާކުރުން ގޮވާލާ ފަރާތްތަކުގެ އަޑުވެސް އަންނަނި ގަދަ ވަމުންނެވެ. ނަމަވެސް އިންޑޮނޭޝިޔާގެ ކޮރޯނާވައިރަސް ޓާސްކް ފޯސްގެ ފަރާތުން ވާހަކަ ދެއްކި ވިކޫ އަޑިސަމިޓޯ ބުނީ، ކޮރޯނާވައިރަސްގެ ބިރަށް ވުހާންގެ މިފަދަ ޖަނަވާރު ވިއްކާ މާރުކެޓްތައް ބަންދު ކުރުމުން މުޅި ދުނިޔޭގައި މިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ މަރކެޓަކަށް އިންޑޮނޭޝިޔާގެ ޓޮހޮމަން މަރކެޓް ވެއްޖެ" ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!