ދުނިޔެ

ހަލާކުވެފައިވާ ރޮކެޓެއްގެ ބައެއް ދުނިޔޭގެ ބިމަށް ނުވެއްޓުނީ ހަމަ ކިރިޔާ

ދެން އެމްވީ ، ދެން އޮންލައިން

ދާދި ފަހުން ޗައިނާ އިން ދޫކޮށްލި ރޮކެޓެއް ފެއިލް ވެ، އޭގެ ބައިތައް އެމެރިކާ ގެ ނިއުޔޯކް ސިޓީ އެއް ނުވެއްޓި ސަލާމަތްވީ ހަމަ ކިރިޔާ ކަމުގައި ރިޕޯޓުތައް ބުނެފިއެވެ.

Ads by WAMCO

ޗައިނާގެ ލޯންގް މާޗް 5ބީ ގެ ނަމުން ނަންދީފައިވާ މި ރޮކެޓަކީ 100 ފޫޓުގެ ރޮކެޓެކެވެ. މި ރޮކެޓު ލޯންޗް ކޮށްފައިވަނީ މޭ 5 ވަނަ ދުވަހުއެވެ. އަދި ރޮކެޓުގައި ޗައިނީސް ކްރޫ އަށް ބޭނުންވާ ޕްރޮޓޯޓައިޕް ތަކެއް އުފުލަމުންގެންދިޔައެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ރޮކެޓު ދުނިޔޭގެ ސަތަހައަށް އަލުން ވަނުމުގައި 15 މިނަޓު އަވަސްވި ނަމަވެސް ވެއްޓޭނީ ނިއުޔޯކް ސިޓީއަށެވެ.

ނަމަވެސް 20 ޓަނުގެ މި ރޮކެޓުގެ ބައިތައް ދުނިޔޭގެ ސަތަހައަށް ވަދެފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 11 ޖެހިއިރުއެވެ. އަދި ވެއްޓުނު އިރު ވެސް ރޮކެޓުގައި އަލިފާން ރޯވެފައިވާ ކަމަށާއި އޭގެ ބައެއް ބައިތައް އެޓްލާންޓިކް އޯޝަން އަށް ވެއްޓުނު ކަމުގައި ވެސް ނިއުޔޯކްޓައިމްސް އިން ބުނެފައިވެއެވެ. އަދި މީގެ ބައެއް ބައިތައް އެފްރިކާގެ ހުޅަނގު ބަޔަކަށް ވެސް ވެއްޓިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުންވި ކަމެއް މިހާތަނަށް އެނގިފައެއްނުވެއެވެ.

މީގެ ކުރިން، 2019 ގައި ވެސް ޗައިނާ އިން އުދުއްސާލި ރޮކެޓެއް ޗައިނާ ގެ އަވަށަކަށް ވެއްޓި ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!