ދުނިޔެ

62 ދުވަހު ކޯމާގައި އޮތް ކުއްޖަކު ހޭ އެރީ އެންމެ ޖުމުލައެއްގެ އަޑު އިވުމުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނުރައްކާތެރި އެކްސިޑެންޓެއް ވެގެން ކޯމާއެއްގައި ބާއްވާން ޖެހުނު ޓައިވާންގެ ކުއްޖަކު 62 ދުވަހު ހޭނާރާ އޮތުމަށްފަހު އެންމެ ޖުމުލައެއްގެ އަޑު އިވުމުން ހޭ އަރައިފިއެވެ.

Ads by Sosun Fihaara

އުމުރުން 18 އަހަރުގެ ޗިއު ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާއަށް އެކްސިޑެންޓެއްވެ ވަނީ އެކިވަރުގެ ސީރިއަސް އަނިޔާތައް އެކި ގުނަވަން ތަކަށް ވެފައެވެ. އަދި އެ އަނިޔާތަކުގެ ސަބަބުން 6 އޮޕަރޭޝަނެއް ވެސް އޭނާ ވަނީ ކޮށްފައެވެ.

ހޮސްޕިޓަލުގައި ޗިއުއަށް ފަރުވާދިން ނަރުހަކު ބުނާ ގޮތުގައި ޗިއު ސަލާމަތްވީ ހަމަ ކިރިޔާއެވެ. އާއިލާގެ ހެޔޮ ދުއާއާއެކު އޭނާ ސަލާމަތްވީ މަރުގެ ތުންފަތް މަތީގައި އޮއްވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ހޭ އެރީ ވަރަށް ތަފާތު ގޮތަކަށެވެ. 62 ދުވަހު ހޭނާރާ އޮތުމަށްފަހު އޭނާގެ ބޭބެ އޭނާގެ ގާތަށް އައިސް އޭނާއަށް އެންމެ ކަމުދާ ކެއުން ކަމުގައިވާ "ޗިކެން ފިލެޓް" އޭނާއަށް ނުދީ ކާލާނީއޭ މަޖަލަކަށް ބުނުމުންނެވެ. އެހެން ބުނުމާއެކު އޭނާގެ ވިންދު އަވަސްވާން ފެށި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މިހާރު އޭނާ ވަނީ މުޅިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

Ads by Ooredoo
  1. ޙަސަން އައިމަން

    ޢޭނާގެ ބޭބެއެހެން ނުބުނިނަމަ އަދިވެސް އޮންނާނި ކޯމާގައެވެ