ދުނިޔެ

އަލްޙަމްދުލިﷲ! ކޮވިޑް-19 އަށް ފަރުވާ އެއް. %100 ވައިރަސް ނައްތާލާ އެންޓިބޮޑީއެއް އުފައްދައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާ އެއް ހޯދިއްޖެކަމަށާއި %100 ވައިރަސް ނައްތާލަދޭ އެންޓިބޮޑީއެއް އުފެއްދިއްޖެ ކަމަށް ކެލިފޯނިޔާގެ ބަޔޯޓެކް ކުންފުންޏަކުން ހާމަ ކޮށްފިއެވެ. ސޮރެންޓޯ ތެރަޕިއުޓިކްސް އިން ހާމަ ކުރި ގޮތުގައި ވެކްސިނެއް އުފެއްދުމުގެ މާކުރިން މި ބޭސް ބޭނުން ކުރަން ފެށޭނެ އެވެ. އެފް.ޑީ.އޭގެ ހުއްދަ ލިބުމާއި އެކު ބޭސް އުފައްދަން ފަށާނެ ކަމަށާއި މަހަކު ދެ ލައްކަ ޑޯޒް އުފެއްދޭނެ ކަމަށް އެކުންފުނިން ހާމަ ކުރިއެވެ.

Ads by Sosun Fihaara

އެސް.ޓީ.އައި-499 ކިޔާ މި އެންޓިބޮޑީއަކީ ސޮރެންޓޯ އާއި ނިއުޔޯކްގެ ސިނާއި ސްކޫލް އޮފް މެޑިސިން ގުޅިގެން އުފައްދާ ބޭހެކެވެ. ސޮރެންޓޯއިން ވަނީ، މިބޭސް އުފައްދަން ފެށުމުގެ އަވަސް ހުއްދައެއް ދޫކުރުމަށް އެދިފައެވެ. އަދި މި ބޭހާއި ގުޅޭ ގޮތުން މި ކުންފުނިން ހާމަ ކުރި ގޮތުގައި މިބޭހުން އެންޓިބޮޑީ ނިއުޓްރަލައިޒް ކުރެވޭ ނަމަ ގައިދުރުކުރުން ގެންގުޅޭކަށް މަޖުބޫރެއް ނުވާނެއެވެ. އަދި އާންމު އުސޫލުން މުޖްތަމަޢުގައި އުޅެވޭނެއެވެ.

ނަމަވެސް މި އެންޓިބޮޑިއަކީ އަދި އިންސާނުންގެ މެދުގައި ޓެސްޓް ކުރެވިފައިވާ އެންޓިބޮޑީއެއް ނޫނެވެ. އެހެންކަމުން މި ހަށިގަނޑުތެރެއަށް ދިއުމުން ނިކުމެދާނެ ސައިޑް އިފެކްޓް ތަކަކީ ކޮބައި ކަމެއް އަދި ނޭނގެއެވެ. މިބޭސް ވައިރަސް ވަށާލާ ހަށިގަނޑުން ވައިރަސް ބޭރުކޮށްލުމަށް އެހީތެރި ވެދޭނެއެވެ. އަދި ހަށިގަނޑުގައިވާ ސެލްތަކަށް ވައިރަސް ވަނުން ހުއްޓުވައެވެ. އެހެންކަމުން ވައިރަސް އަށް ހަށިގަނޑު ތެރޭގައި ދިރިއެއް ނުހުރެވޭނެއެވެ. ވައިރަސް އުފެދި އާލާވަނީ ސެލްގެ ތެރޭގައެވެ. އެހެންކަމުން ސެލްގެ ތެރެއަށް ވައިރަސް ވަނުން ހުއްޓުވިއްޖެނަމަ އަމިއްލަ ޒާތުގައި ވައިރަސް މަރުވާނެއެވެ.

ވަރަށް ގިނަ ކުންފުނި ތަކަކުން މިކަމަށް ރަގަޅު އެންޓިބޮޑީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސޮރެންޓޯއިން މި އުފެއްދި އެންޓިބޮޑީއަކީ "ނިއުޓްރަލައިޒިންގ ނުވަތަ ބައިންޑިންގ" އެންޓިބޮޑީއެކެވެ. އެއީ މި އެންޓިބޮޑި ވައިރަސް ވަށާލާ، ސެލްތަކުގެ ތެރެއަށް ވަނުމަށް ކުރާ މަސައްކަތް ހުއްޓުވާތީއެވެ. ޑރ. ލޯވް ހާމަ ކުރިގޮތުގައި ނިއުޓްރަލައިޒިންގ އެންޓިބޮޑީއެއް ނަމަ ވަގުތީ ވެކްސިނެއްގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ.

މިބޭސް ޓެސްޓް ކުރުމުގެ ގޮތުން ބަލިން ރަނގަޅުވެފައިވާ މީހުންގެ ލޭ ނަގައިގެން އިތުރު ތަހުލީލުތައް އަންނަނީ ކުރަމުންނެވެ. ކޮވިޑް-19 ފެތުރެން ފެށުމުގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ސޮރެންޓޯ އިން އަންނަނީ ބިލިއަނަކަށް ވުރެ ގިނަ އެންޓިބޮޑީ ހޯދައިގެން ކޮރޯނާވައިރަސް ފަދަ ވައިރަސްތަކުން އިން ރައްކާތެރި ވެވޭނެ އެންޓިބޮޑީއެއް ފެނޭތޯ ސްކްރީން ކުރަމުންނެވެ. އެގޮތުން އެކަން ކުރެވިދާނެ 10 އެންޓިބޮޑީ ސައިންޓިސްޓުން ވަނީ ފާހަގަ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!