ޚަބަރު

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިިފިއެވެ.

Ads by Hajj Corporation

މެދުކަނޑާލާފައި އޮތުމަށްފަހު ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފުރަތަމަ ފަށާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. ނަމަވެސް އެދަތުރުތައް މެދުކަނޑާލީ އިނގިރޭސިވިލާތް ދެ ވަނަ ފަހަރަށް ފުރަބަންދު ކުރުމާ ގުޅިގެންނެވެ.

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް މިއަދު އަލުން ފަށާފައިވާއިރު، ފުރަތަމަ ފްލައިޓުން 250 މީހުން އައިސްފައި ވެއެވެ. އެ އެއާރލައިންއިން ރާއްޖެއަށް މީގެކުރިން ހަފްތާއަކު ތިން ދަތުރު ހަމަޖެއްސި ކަމުގައިވީ ނަމަވެސް މިހާރު، ކޮންމެ ދުވަހަކު ފްލައިޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބްރިޓިޝް އެއާލައިނުން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެ އެއަރލައިންއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއަރލައިނެއްކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 80000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އަދި އިނގިރޭސި ވިލާތުން މިހާތަނަށް ރާއްޖެ 5000 އަށް ވުރެ ގިނަ މީހުން ،ބޯޑަރު ހުޅުވިފަހުން ޒިޔާރަތް ކޮށްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!