Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ޗައިނާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު އޭނާގެ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ޗައިނާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ތެލްއަވީވްގައި އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

58 އަހަރުގެ ޑު ވެއިގެ މަރުގެ ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ. ޑޫ ވެއި އިޒްރޭލްގެ އެމްބެސެޑަރަކަށް އައްޔަން ކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ ޔޫކްރޭންއަށް ކަނޑައަޅަފައިވާ ހުންނަ އެންވޯއީއެއްގެ ގޮތުގައެވެ.

މީހަކާ އިނދެގެން އުޅޭ އަދި ފިރިހެން ކުއްޖަކު ހުންނަ ޑު ވެއި ގެ އާއިލާ މިވަގުތު ތެލްއަވީވްގައި ތިބި ކަމެއް ޔަގީނެއް ނޫނެވެ. ޑޫ ވެއި ކޮޓަރީގެ އެނދުމަތީގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ މުވައްޒަފުންނަށެވެ.

Advertisement
Ooredoo — Truecaller (box)

ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްނަމަވެސް މަރުގެ ތަހުގީގު މިހާރު އަންނަނީ ކުރަމުންނެވެ. ޑޫ ވެއިގެ މަރާ ގުޅިގެން އިޒްރޭލުގެ ފޮރިން އެފެއަރޒް ޑިރެކްޓަރ ޖެނެރަލް ވަނީ ޗައިނާގެ ޑެޕިއުޓީ އެމްބެސެޑަރ އަށް ގުޅާ ތަޢުޒިޔާ ދަންނަވާ އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ އެހީތެރިވާން ތިބި ކަމުގެ ޔަގީންކަން ދީފައެވެ.

ސަފީރުކަމާ ހަވާލު ވި ފަހުން ނޫހަކަށް ދިން އިންޓަރވިއުއެއްގައި ޑޫ ވެއި ބުނެފައިވަނީ އެދުވަސްވަރަކީ ޗައިނާގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ކަމުން، ސަފީރު ކަމާ ހަވާލު ވެގެން އިޒްރޭލަށް ގޮސް 14 ދުވަހުގެ ކަރަންޓީނުގައި ހުރި ކަމަށާއި، ސަފީރުކަމުގެ ފަތް ލިބުނީ މާރޗްމަސް ނިމެން އުޅެނިކޮށް ކަމަށެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން އިޒްރޭލްގެ ރައީސްއާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭކަމަށް ވެސް ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް