ދުނިޔެ

ލޮކްޑައުންގެ ސަބަބުން މަގުމަތީގައި ވިހެއުން ގިނަވަނީ ، މި ފަހަރު ފޫޅުދަނޑި އެއްސީ ބޫޓުގެ ނާޑުވާއިން

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންގެ ސަބަބުން ކުދި ކްލިނިކްތައް ބަންދު ކުރުމާއި ބޮޑެތި ކްލިނިކްތަކުގައި ހަމައެކަނި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އިސްކަންދޭތީ، ވިހަން ދާ ތަނަކަށް ނުދެވި ހޮސްޕިޓަލުން ބޭރުގައި އެތައް ބަޔަކު ވިހާ ޙާދިސާތައް އަންނަނީ ފެންމަތި ވަމުންނެވެ. މި ފަހަރުގެ ހާދިސާއަކީ ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި، ބަގީޗާހައްދާ އެއްޗެހި ވިއްކާ ތަނެއްގެ ކުރިމައްޗަށް ވިހަންޖެހުނު ހާދިސާއެކެވެ.

Ads by WAMCO

28 އަހަރުގެ އެމިލީ ރުމްނީ އަދި 38 އަހަރުގެ ޖޭމްސް ޕެރީގެ އަލަތު ދަރިފުޅު ވިހަން، އެމިލީގެ ބަނޑުގައި ރިއްސަން ފެށީ 4 މޭ ގެ ދަންވަރު އެވެ. ބަނޑަށް ތަދުވާތީ ހޮސްޕިޓަލަށް ގުޅުމުން ދެ ގުޅަ ޕެނެޑޯލް ކައިން ހޫނު ފެނުން ފެންވަރައިގެން ނިދާލުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ. ބޭސް ކައިގެން ނިދޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވެ ތަދު ގަދަވަމުންދިޔައެވެ. އެހެން ކަމުން މިހާރު ދެން ހޮސްޕިޓަލަށް ނުގޮސް ނުވާނޭކަން ޔަގީން ވުމުން، އިތުރަށް ހޮސްޕިޓަލަށް ނުގުޅާ، ކުޑަދަރިފުޅަށް ބޭނުންވާނެ ސާމާނު ހިފައިގެން ދެމީހުން ހޮސްޕިޓަލަށް ދާން ނިކުތެވެ.

ވަކި ހިސާބަކުން ދަރިފުޅު ވިހަނީހެން އެމިލީއަށް ހީވުމުން ޖޭމްސް ކާރު މަޑުކުރިއެވެ. އެއީ ބަގީޗާހައްދާ ތަކެއްޗާއި ގަސްވިއްކާ ތަނެކެވެ. ނަމަވެސް ތަން ހުރީ ބަންދު ކޮށްފައެވެ. އޭރުގަޑިން ފަތިހު ފަހެއް ޖަހަނީއެވެ. އިތުރު މީހަކު ފެންނަން ނެތުމުން ޖޭމްސްއަށް މަޖުބޫރުވީ ފޫޅުމައެއްގެ ދައުރު އަދާ ކުރާށެވެ. އެދެމީހުން އެކަނި ތިބެ އެމިލީ ވިއްސިއެވެ. ދަރިފުޅު ވިހޭ އިރުވެސް ޖޭމްސް އިމަރޖެންސީ ނަންބަރަށް ގުޅައިގެން އެމީހުން ތިބިތައް އޮޅުން ފިލުވާ ދެމުން ދިޔައެވެ. ވިހެއުމުން ތުއްތު ދަރިފުޅު ނަގާ، ތުވާއްޔަކުން ސާފު ކުރުމަށްފަހު، ބްލެންކެޓަކަށް ލާ އޮޅާލުމަށްފަހު އެމިލީގެ މޭމަތީގައި ބޭއްވިއެވެ. އަދި އެއަށްފަހު އިމަރޖެންސީ ނަންބަރުން ވާހަކަ ދައްކާ މީހާގެ އިރުޝާދާ އެއްގޮތަށް ކަން ކުރަމުން ދިޔައެވެ. ގެއިން ނިކުތީ މަގުމަތީގައި ވިހަން ތައްޔާރުވެގެން ނޫނެވެ. އެހެންކަމުން ގެންދެވިފައި ހުރީ ދަރިފުޅަށް ބޭނުންވާ ސާމާނު އެކަންޏެވެ. ދަރިފުޅު ވިހެއުމަށްފަހު ފޫޅުދަނޑި އައްސަން ޖެހުނީ އަރައިގެން ހުރި ބޫޓުގެ ނާޑުވާއިންނެވެ.

އެމިލީ ވިހޭތާ 25 ވަރަކަށް މިނިޓް ފަހުން އެމްބިއުލަންސް ގޮސް އެމީހުން ހޮސްޕިޓަލަށް ގެންދިޔައެވެ. ﷲގެ ރަޙްމަތްފުޅުން ދެމައިންގެ ހާލު ވެސް ރަނގަޅެވެ. އެހެންކަމުން ހަމަ އެދުވަހުގެ މެންދުރުފަހު ދެމައިން ހޮސްޕިޓަލުން ގެއަށް ބަދަލު ކުރިއެވެ. އެމިލީ ވިހޭ އަންހެން ކުއްޖާގެ ބަރުދަނުގައި 6 ޕައުންޑް 13 އައުންސް ހުއްޓެވެ. މިފަދަ ގޮތަކަށް ވިހަން ޖެހިދާނެ ކަމަށް ޚިޔާލަށް ވެސް އައިސްފައި ނުވިޔަސް ނަމަވެސް ހުރިހާ ކަމެއް ރަގަޅަށް ދިއުމުން އެމިލީއާއި ޖޭމްސް ތިބީ ވަރަށް އުފަލުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!