Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާ ގާނޫނު ތަންފީޒު ކުރުން މުހިންމު: ސާޖިދާ

ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާ ގާނޫނު ތަންފީޒު ކުރުން މުހިންމު: ސާޖިދާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ތަންފީޒު ކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒުކުރުން މުހިންމު ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ކްރޮސް ރޯޑުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާއީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުގުވެރިކަން އިތުރުކުރުމަކީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގްސަދު ކަމަށެވެ.

ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތްކަމަށާއި އިންސާނީ ހަޔާތުގެ ތަރައްގީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށްވެސް ކާނާ މުހިންމުވާކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިކަމުގެ ހޭލުންތެރިކަމާއި ޝައުގުވެރިކަން އޮންނަންޖެހޭ ކަމަށް ފަސްޓު ލޭޑީ ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސް މުއިއްޒު ދާދި ފަހުން ތަސްދީގު ކުރެއްވި ގާނޫނު ތަންފީޒު ކުރުން މުހިންމު ކަމަށެވެ. އަދި މިއީ ފަރުދީ ޒިންމާއެއް ކަމަށް ދެކި އެންމެން ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ސާޖިދާ ވަނީ ވިދާޅުވެފަ އެވެ/

މި އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ "ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ" އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް