ވަސްދުވުމާއި ރަހަބެލުމުގެ ޙިއްސު ގެއްލުން ވެސް އެއީ ކޮވިޑްގެ އަލާމާތްތައް ކަން ކަށަވަރު ވެއްޖެ
ކޮވިޑް-19 ގެ ބައެއް އަލާމާތްތަކަށް އަޅާނުލާ ދޫކޮށްލެވޭ ކަމަށާއި، ކެއްސާ ހުން އައުމުގެ އިތުރުން ރަހަބެލުމާއި ވަސްދުވުމުގެ ހިއްސު ގެއްލުން މިއީވެސް ކޮވިޑް-19 ގެ ޢަލާމާތްތައް ކަން ކަށަވަރު ވެއްޖެއެވެ.
އިމްޕީރިއަލް ކޮލެޖްގެ ރިސާޗަރުންގެ ފަރާތުން ވާހަކަދެއްކި ޕްރޮފެސަރ ޓިމް ސްޕެކްޓަރ ހާމަ ކުރި ގޮތުގައި، އަމިއްލަ އަށް ކޮވިޑްގެ އަލާމާތް ރިޕޯޓް ކުރުމަށް ހަދާފައިވާ އެޕުން ރިޕޯޓްކޮށްގެން ޓެސްޓް ހެދުމުން ޕޮޒިޓިވްވާ މީހުންގެ ގައިން 14 އަލާމާތެއް ފެންނަކަމަށާ، ނަމަވެސް ސިއްހީ އެހީތެރިން ފާހަގަ ކުރަނީ އެންމެ ދެ އަލާމާތެވެ.
މިހާރުން ފެށިގެން އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހޭމީހުން ދެނެގަތުމުގައި، 3 ވަނަ އަލާމާތެއްގެ ގޮތުން ރަހަ އާއި ވަސް ބެލުމުގެ ހިއްސު ހުރި މިންވަރު ބަލާނެއެވެ. މިކަން މިބަލީގެ އަލާމާތުގެ ގޮތުގައި ހިމެނުމަށް ކަރުންމަތީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން އަންނީ މާރޗްމަހުން ފެށިގެން ގޮވާލަމުންނެވެ. ނަމަވެސް އަދި ވެސް އިތުރު 11 އަލާމަތަކަށް އަޅާނުލާ ދޫކޮށްލެވޭނެއެވެ. މިތިން ކަންތަކުގެ އިތުރުން ކޮވިޑް19 ގެ އިތުރު އަލާމާތްތައް ކަމަށް ސައިންޓިސްޓުން ފާހަގަ ކުރާ އަލާމާތް ތައްތަކުގެ ތެރޭގައި ވަރުބަލިވުން، ގައިގާ ރިއްސުން، ކަރުތެރެ ފާރުވުން، ހޮޑުލެވުން، ބޮލުގައި ރިއްސުން، ހަމުގައި ބިހިނެގުން ނުވަތަ ކުލަ ބަދަލުވުން، ނޭވާލަން އުނދަގޫވުން، މެއަށް ތަދުވުން، ވާހަކަ ދައްކަން އުނދަގޫވުން އަދި ލޯރަތްވުން ހިމެނެއެވެ.
ސިއްހީއެހީދޭ ތަންތަނުން ބަލާ ދެ އަލާމާތް ނެތުމުން ގިނަ ބަޔަކު މަސައްކަތަށް ނެރެފައިވާ ކަމަށާ، މިއީ މި ކަމުގެ ސަބަބުން ބަލިފެތުރެން ދިމާވެދާނެ ސަބަބެއް ކަމަށް ސައިންވެރިން ބުނެއެވެ. މިކަމުގައި ސައިންވެރިން ވަނީ އިނގިރޭސިވިލާތުގެ އާންމު ސިއްޙަތު ބަލަހައްޓާ އިދާރާތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. ސަބަބަކީ ބަލީގެ ހުރިހާ ޢަލާމާތް އާންމުންނަށް ކިޔާނުދީ ސަމާލުވާން އެންގި ނަމަވެސް ސަމާލު ނުވެވޭނެތީއެވެ. މިކަމަށް ސައިންވެރިން ވަނީ ފާޑުކިޔާފައެވެ. އެހެން ކަމުން ބަލީގެ އަލާމާތްތަކާއި އެކުގައި 50-70 ހާހާއި ދެމެދު ގެ އަދަދަކަށް މީހުން ބޭރަށް ނިކުމެ އެހެން މީހުންނާ މަސްހުނި ވެގެން އުޅޭނެ ކަމަށާ، މި މީހުންނަނީ ޓެސްޓް ކުރެވިއްޖެ ނަމަ ޕޮޒިޓިވް ވާނެ މީހުން ކަމުން މިއީ ވަރަށް ބިރުވެރި ކަމެއް ކަމަށްވެސް ސައިންސްވެރިންވަނީ ފާހަގަ ކޮށްފައެވެ.