ދުނިޔެ

އުފާވެރި ޚަބަރެއް: ވެކްސިނެއް ލިބުމުގެ ކުރިން ކޮރޯނާ ވައިރަސް ނެތިގެން ހިނގައިދާނެ

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޮރޯނާވައިރަސް އަށް ވެކްސިނެއް ލިބުމުގެ ކުރިން އޭގެ ބާރުކެނޑި ނެތިގެން ހިނގައިދާނެކަމަށް މިލާންގެ މާރިއޯ އިންސްޓިޓިއުޓް ފޮރ ފާމަކޮލޮޖިކަލް ރިސާޗްގެ ޑިރެކްޓަރ ޖުސެއްޕޭ ރެމުއްޒީ ބުނެފިއެވެ. އޭނާ މިހެން ބުނީ އިޓަލީގެ ޓީވީ.އަކަށް ދިން އިންޓަރވިއު އެއްގައެވެ. ޖުސެއްޕެ ހާމަ ކުރި ގޮތުގައި ކޮރޯނާވައިރަހުގެ ބާރު ދުވަހެއް ދުވަހަކަށް ދަނީ ކުޑަވަމުން ކަމަށާ، ވެކްސިނަކަށް ކުރާ އިންތިޒާރު ނިމުމުގެ ކުރިން ވައިރަސް އޭގެ ޒާރުގައި ނެތިގެން ހިނގައިދާނެކަމަށެވެ.

Ads by WAMCO

ނަމަވެސް ސިއްހީފަރާތްތަކުން ހާމަ ކުރަމުންދާ ގޮތުންނަމަ، މިވައިރަސް އަބަދު އަހަރުމެނާއެކު އުޅޭނެއެވެ. އަދި އަނެއްކާވެސް އިތުރަށް ފެތުރެން ފަށާފާނެކަމަށާއި، ވެކްސިނެއް ލިބިގެން ނޫނީ މިއިން ރައްކާތެރިވެ އާންމު ދިރިއުޅުމަށް ރުޖޫޢަ ނުވެވޭނެ ކަމަށެވެ.

ރެމުއްޒީއަށް ބުނެފައިވަނީ މީގެ މަހެއް ކުރިން ކޮވިޑް-19 ޖެހުނު މީހުނަށް މިބަލިން އަސަރު ކުރާވަރަށްވުރެ މިހާރު މިބަލި ޖެހޭ މީހުނަށް ކުރާ އަސަރު ކުޑަ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން އިޓަލީގައި ކޮވިޑް-19 ޖެހިގެން ޚާއްސަ ފަރުވާ ބޭނުންވާ މީހުންގެ އަދަދު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށްވެއްޖެއެވެ. އެހެން ކަމުން ސަބަބު ނޭނގުނަސް ވައިރަސްގެ އަސަރު ކުޑަވެއްޖެއެވެ.

މިކަމަށް އޮތް އަނެއް ގޮތަކީ މީހުންގެ ހަށިގަނޑުގައި މި ވައިރަހާ ދެކޮޅަށް ދިފާޢީ ނިޒާމް ވަރުގަދަވެފައި ވުމެވެ. ކޮންމެ ގޮތަކަށް ވި ނަމަވެސް މިދާ ގޮތަށް ވައިރަހުގެ އަސަރު ކުޑަވަމުންދާނަމަ، މި ވަބާ އަމިއްލައަށް ފިލައިގެން ދިއުމަކީ ގާތްކަމެކެވެ. ރެމުއްޒީ ފާހަގަ ކުރި ގޮތުގައި މުޖުތަމަޢުއެއްގެ ތެރޭގައި ވައިރަހުން ދިފާޢު ވެވޭނެ އޮންނަނީ ދެގޮތެކެވެ. އެއި ވެކްސިނެއް އުފެއްދުން ނޫނީ މުޖްމަތަޢުގައި "ހަރޑް އިމިއުނިޓީ" އެއް އޮތުމެވެ. ފަހުން ބުނެވުނު ގޮތަކީ ޑޮކްޓަރުންގެ މެދުގައި ބަހުސް ކުރެވޭ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!