Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އަފްޣާނިސްތާނުގެ ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅު ޕާޓީ ގުޅި، އެކުވެރި ސަރުކާރެއް

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި އެގައުމުގެ އިދިކޮޅު ސިޔާސީ ލީޑަރު އަބްދުﷲ އަބްދުﷲ ގުޅިގެން ވެރިކަންކުރައްވަން އެއްބަސްވެއްޖެއެވެ.

ގުޅިގެން ވެރިކަން ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ރައީސް ޣަނީ ވަނީ އެއީ ތާރީޚީ ދުވަހެއްކަމުގައި ސިފަކުރައްވާފައެވެ. އަދި އަފްޣާނިސްތާނުގެ ރައްޔިތުން ޤައުމުގެ މަސްލަޙަތު އިސްކުރާކަން ހާމަވެގެން ގޮސްފައިވާކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އެއްބައިވަންތަކަމާއި އެއްބާރުލުމާއެކު މަސައްކަތްކޮށް އެޤައުމުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލާ ޞުލްޙަ ޤާއިމްކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އެކުވެރި ސަރުކާރެއް ގާއިމް ކުރިނަމަވެސް އެ ދެބޭފުޅުންގެ މެދުގައި ސަރުކާރުގެ މަޤާމުތައް ބަހާނެގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement
Allied — Dhen Online (box)

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އަބްދުﷲ އަބްދުﷲ ބޭނުންވަނީ ޚާރިޖީ ވުޒާރާ ނުވަތަ މާލީ ވުޒާރާފަދަ މައި އިދާރާއެއް ހިންގަވާށެވެ. އެކަމަށް ޣަނީ އެއްބަސްވެވަޑައިގެންފައެއް އަދި ނުވެއެވެ.

އަފްޣާނިސްތާނުގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބު އަޝްރަފް ޣަނީ ކާމިޔާބު ކުރެއްވިނަމަވެސް އަބްދުﷲ އަބްދުﷲ ވަނީ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހައްދަވާފައެވެ.

އަދި އަޝްރަފް ޣަނީ ރަސްމީކޮށް ވެރިކަމާ ޙަވާލުވެވަޑައިގަތުމާއެކު އަބްދުﷲ އަބްދުﷲ އަމިއްލައަށް ރަސްމިއްޔާތެއް ބާއްވަވާ ރައީސްކަމުގެ ހުވައިކުރައްވާފައިވެސް ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް