ދުނިޔެ

ރިހޭ ފައިމައްޗަށް ފޮއެ، ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ކޮވިޑް-19 ވަދެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕްގެ ގޮތުގައި ބެލެވޭ، ބަނގްލަދޭޝްގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕަށް ކޮވިޑް-19 ފޯރައިފިއެވެ.

Ads by WAMCO

މިތަނުގައި މިހާރު 9 ލައްކައެއްހާ މީހުން، ގައިދުރު ކުރެވެން ނެތް ހާލަތުގައި ސާފުތާހިރުކަމެއް ނެތި ދިރިއުޅެއެވެ. މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ މުހިންމު ދެކަމެވެ. މި ކޭމްޕުން ކޮވިޑް-19 ގެ އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަނގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރެފިއުޖީ ކޭމްޕުންނެވެ. ދިރިއުޅުމުގައި ދެން އިތުރަށް ޖެހޭނެ ބަލާ މުޞީބާތެއް ނެތްކަމަށް ގަބޫލުކޮށްގެން ތިބި ރޮހިންޔާ މުސްލިމުންނަށް މިއީ ރިހޭފައިމައްޗަށް ފޮއެ ވެއްޓުން ފަދަ ކަމެކެވެ.

ބަނގްލަދޭޝްގައި ރޮހިންޔާ މީހުން ބައިތިއްބަން ޖުމްލަ 34 ކޭމްޕް ހަދާފައިވާ ވެއެވެ. މިއީ 2017 ފެށިގެން މިޔަންމާގައި ރޮހިންޔާގެ ނަޞްލު ފޮހެލުމަށް ހިންގާ އަނިޔާވެރިކަމުން ފިލައިގެން އައިސްތިބި 9 ލައްކަ އެއްހާ މީހުންނެވެ. މިތަނުގައި މީހުން ދިރިއުޅެނީ ތޮއްޖެހިގެންނެވެ. ކޮންމެ އަކަ މޭލަކަށް 103،000 މީހުން އެބަތިއްބެވެ. މިއީ ވަރަށް ގިނަ އަދަދެކެވެ. އާންމު ޙާލަތުގައިވެސް ދިރިއުޅެން އުނދަގޫވާ ވަރަށް ތޮއްޖެހިފައި ވުމުން ކޮވިޑް-19 ފަދަ ބައްޔަކުން ދުރުހެލިވެގެން އުޅުން އެއީ ހަމަ އެކަނި ޚިޔާލަށް ގެނެވޭނެ ކަމެކެވެ. ޢަމަލީ ގޮތުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ބަނގްލަދޭޝްގައި ވެސް ވަނީ ހަރުކަށި ލޮކްޑައުން އިޢުލާން ކޮށްފައެވެ. އަދި މި ކޭމްޕްތަކަށް އެހީ ފޯރުކޮށްދޭ ގްރޫޕްތައްވެސް ކޭމްޕުން ކޮވިޑް-19 ފެނުމާއި ގުޅިގެން އެމީހުންގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އެމީހުންގެ ފުރާނައަށް ރައްކަލަކަށެވެ. ކޭމްޕުން ކޮވިޑް-19 ފެނުމާއި ގުޅިގެން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އދގެ ރެފިއުޖީ އޭޖެންސީ އިން ހާމަ ކުރިގޮތުގައި ބަލިޖެހުނު މީހާ އެކަހެރި ކުރެވި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން ދާ ކަމަށާ، ނަމަވެސް ގިނަ ވަގުތު ތަކެއް ހޭދަވެފައި ވުމާއި އެކު ގިނަ ބަޔަކަށް މިބަލި ޖެހިފައި އޮވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ހާމަ ކުރިއެވެ.

މިފަދަ ކޭމްޕަތަކަށް ކޮވިޑް-19 ފަދަ ބަލިތައް ވަނުމުގެ އެންމެ ނުރައްކާ ކަމަކީ، ސާފުތާހިރު ކަމާ ގައިދުރުކަން ވެސް ބެހެއްޓެން ނެތުމެވެ. ފާޚާނާތައްވެސް ވަނީ ތޮއްޖެހިފައެވެ. ސާފު ފެނާއި ސައިބޯނި އެއި ލިބެން ހުންނަ އެއްޗެއް ނޫނެވެ. އަދި ކޭމްޕްތަކުގައި އަވަހަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ނޯވެއެވެ. ޑަބްލިއު.އެޗް.އޯ އިން ހާމަ ކުރާ ގޮތުގައި ކުރިއަށް އޮތް ވިއްސާރަ މޫސުމާއި އެކުގައި ބަލި ފެތުރުމުގެ ފުރުސަތު އިތުރުވާނެއެވެ.

މަރޗް 26 އިން ލޮކްޑައުން ކޮށްފައިވާ ބަނގްލަދޭޝްގައި މިހާތަނަށް 23،780 މީހުނަށް މިބަލި ޖެހި 349 މީހަކު ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!