Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ފުލުހަކަށާއި އޭނާގެ އާއިލާއަށް ގްރޫޕަކުން ބިރުދެއްކި މައްސަލައެއް

ފުލުހަކަށާއި އޭނާގެ އާއިލާއަށް ގްރޫޕަކުން ބިރުދެއްކި މައްސަލައެއް

ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރަމުން އަންނަ ފުލުހަކަށާއި އޭނާގެ އާއިލާއަށް ގްރޫޕަކުން ބިރުދެއްކި ކަަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފޮރެންސިކް ފުލުހަކަށާއި އޭނާގެ އާއިލާއަށް ގްރޫޕަކުން ބިރު ދައްކައި، އޭނާ އަނބިމީހާއަށް ޖިސްމާނީ ގޮތުން ފުރައްސާރަކުރި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވެފައި ވަނީ އެ ބާވަތުގެ މައްސަލައެއް ދަނީ ބަލަމުން ކަމަށެވެ.

https://twitter.com/Shifan4040/status/1809654486534926617

Advertisement
HDC — Sidebar (box)

އެހެންނަމަވެސް، ނުރައްކާތެރި ކުށްކުރާ ކަމަށް ތުހުމަތު ކުރެވޭ އެއްވެސް ގްރޫޕެއް ނުވަތަ ނެޓްވޯކަކާ ނުވަތަ އެފަދަ ކުށަކާ އެކަމާ ގުޅުމެއް އޮތް ކަމަކަށް އަދި ފާހަގަކުރެވިފައި ނުވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ފުލުހުންނަށް ބިރު ދެއްކުމުގެ މައްސަލަތައް މީގެކުރިން ވެސް ވަނީ ތަހުގީގުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް