ޚަބަރު

ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫން: މިނިސްޓަރ އިމްރާން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަ ކުރަން ޖެހޭ ތަނެއް ނޫން ކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީން އަލުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި ހިންގޭ ޕްރޮގްރާމުގެ ތެރެއިން މަސައްކަތްތެރި ކަމުގެ ހުނަރު ދަސްކޮށް އެކްރެޑިޓެޑް ސެޓްފިކެޓް ހާސިލު ކުރި 50 މީހުންނަށް މަރުޙަބާ ދަންނަވަމުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ހޯމް މިނިސްޓަރ ވިދާޅުވީ އެކި ސަބަބުތަކާހުރެ ގޯސް މަގު ޚިޔާރު ކުރެވޭ މީހުންނަށް ޚާއްސަކޮށް ޒުވާނުންނަށް، އަނބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.

ތަފާތު އެކި ކުށުގައި ޖަލަށްލެވޭ ގައިދީން މުޖުތަމަޢު އަށް އަނބުރާ ނިކުތުމުގެ ކުރިން، ފައިދާ ހުރި ބަޔަކަށް ހެދުމުގެ ގޮތުން، ޖަލުގައި އެކިއެކި ޕްރޮގްރާމު ހިންގުމަކީ ކުރިންސުރެ ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!