ރައީސް މައުމޫން ކޯލިޝަންގައި ހުންނެވުމުގެ މާނައަކީ ކޮބައިތޯ؟: ސައީދު
ކުރީގެ ރައީސް އަދި މޯލްޑިވްސް ރީފޯމް މޫވްމެންޓްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ،ސަރުކާރު ކޯލިޝަނުގައި ހުންނަވާ ބޭނުމަކީ ކޮބައިތޯ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ލ. މާވަށު ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ސައީދު ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ "އާސްކް ސްޕީކަރ" ޕްރޮގްރާމުގައި މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު، ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް ރައީސް މައުމޫން ދެއްވި ރައްދާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
ރައީސް ނަޝީދު އެރޭ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި ގުޅޭގޮތުން އެންމެ ފުރަތަމަ ވެސް މަޝްވަރާ ކުރައްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ކަމަށާއި މަޝްވަރާއަށްފަހު ރަނގަޅު ގޮތެއް ނިންމަވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި "ވީމާ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ" ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ ރައީސް މައުމޫން ކޯލިޝަންގެ ތެރޭގައި ހުރެ ތަޣައްޔަރު ވެފައިވާކަމަށެވެ.
"ރައީސް މައުމޫން އެ ދައްކަވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ވާހަކަ ކަމަށް ވާނަމަ އަޅުގަނޑު ރައީސް މައުމޫނަށް ދަންނަވާލަން ބޭނުން މަނިކުފާނު ތި ކޯލިޝަންގައި ހުންނެވުމުގެ މާނައަކީ ކޮބައިތޯއޭ؟" މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވިއެވެ.
އަންނީގެ އެކުވެރިޔާ އަށްވާތީ