ދުނިޔެ

އަތުން ފިރުމާލުމުން ކޮވިޑް-19 ގެ ބަލި މީހުނަށް ޝިފާ ލިބޭކަމަށް ދައުވާ ކުރި ދީނީ ލީޑަރު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކެމަރޫންގެ ދީނީ ލީޑަރެއް ކަމަށްވާ 39 އަހަރުގެ ފްރެންކްލިން ޑިފޯރް މިދިޔަ ހަފްތާގައި މަރުވީ ކޮވިޑް-19 ޖެހިގެން ހަފްތާއަކަށް ވުރެ ގިނަ ދުވަހު އުޅުމަށް ފަހުގައެވެ. ފްރެންކްލިންއަކީ ކެމަރޫންގެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަ ކުރި އަދި "ރަސޫލެއް" ކަމަށް ހެދިގެން އުޅޭ މީހެކެވެ.

Ads by WAMCO

ކޮވިޑް-19 ގެ ކުރީކޮޅު އެ ބަލި ޖެހިގެން މީނާގެ ގާތަށް ދާ މީހުން ބިންމަތީގައި ބާއްވާ އޭނާގެ އަތުން ފިރުމާލުމުން އެމީހުންގެ ގައިން ކޮރޯނާވައިރަސް ނެތިގެންދާ ކަމަށް ބުނުމުން ގިނަ ބަޔަކު އެކަން ގަބޫލުވެސް ކުރަމުންދިޔައެވެ.

ފްރެންކްލިންގެ މަރުވެފައި އޮތް ހަށިގަނޑު ބަލާ އައުމުންގެ އޭނާއަށް ސަޕޯޓް ކުރާ މީހުންވަނީ އެއީ "ރަސޫލެއް" ކަމާ، އޭނާގެ ހަށިގަނޑާއި ގާތް ނުވެވޭނެ ކަމަށް ބުނެ، އަށް ގަޑިއިރު ވަންދެން ގެއަށް ވަނަ ނުދީ ހިފަހައްޓާފައެވެ. އެމީހުން ބުނަމުން ދިޔައީ ފްރެންކްލިން ވަނީ "ކަލާންގެ" އާއެކު ރޫހާނީ ގޮތުން ފަރުވާ ލިބިގަތުމުގައި ކަމަށާ، ފްރެންކްލިންގެ ހަށިގަނޑު ވަޅުލަން ނުގެންދެވޭނެ ކަމަށެވެ. މިތަނުން މީހުން ދުރު ކުރީ ފުލުހުންގެ ގެނެސްގެންނެވެ.

ފްރެންކްލިން ބެލި ޑރ. ގޭލް ނަންގާ ހާމަ ކުރިގޮތުގައި، ފްރެންކްލިންގެ ހާލު ބޮޑުވެގެން އޭނާއަށް ގުޅައިގެން ގެންދިޔަ ކަމަށާ، ފްރެންކްލިން އަށް ބަލި ޖެހި ހަފްތާއެއް ވީއިރު ނޭވާ ލުމުގެ އުނދަގޫ ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުން ދިޔަ ކަމަށެވެ. ފްރެންކްލިން މަރުވީ ޑޮކްޓަރު ފަރުވާ ދިންތާ 10 ވަރަކަށް މިނިޓް ފަހުންނެވެ.
މިހާތަނަށް ކެމަރޫން އިން 3،529 މީހަކަށް މިބަލި ޖެހި 140 މީހަކު ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!