ޚަބަރު

ފުވައްމުލަކުގެ މަގު ހެދުމާއި ކުނި މެނޭޖު ކުރުމާ ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާ ކުރައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފުވައްމުލަކު ސިޓީގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ނައިބު ރައީސް ފައިސަލް ނަސީމު މަޝްވަރާ ކުރައްވައިފިއެވެ. މިކަމާ ގުޅޭގޮތުން އެމަނިކުފާނު މަޝްވަރާ ކުރެއްވީ ދެކުނުގެ ދެ އަތޮޅަކަށް މިއަދު ކުރައްވަމުން ގެންދަވާ އެއް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރުގެ ވަގުތެއްގައެވެ.

Ads by MWSC

ނައިބު ރައީސް ގެ މިދަތުރުފުޅުގައި ފުވައްމުލަކުގެ ބައެއް މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމާ އެކު މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަކަށް ޒިޔާރަތް ކުރައްވާ، އެ މަނިކުފާނު ވަނީ، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ފުވައްމުލަކު ސިޓީގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ހިންގާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ވެސް ނައިބު ރައީސް ވަޑައިގަންނަވާ، އެ ތަނުގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ވެސް ސާފުކުރައްވާފައި ވެއެވެ. މި ޒިޔާރާތުގައި، ވެމްކޯއާއި ފުވައްމުލަށް ސިޓީ ކައުންސިލުން ގުޅިގެން ތައްޔާރުކޮށްފައިވާ ކުނި މެނޭޖްކުރުމުގެ ޕްލޭނާ ގުޅޭ މަޢުލޫމާތު ވެމްކޯގެ އޮފިޝަލުން ވަނީ އެމަނިކުފާނާ ޙިއްޞާ ކުރައްވާފައެވެ.

މި ޒިޔާރަތުގައި ނައިބު ރައީސް ފައިސަލް ނަސީމު އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!