ދުނިޔެ

ރާއްޖޭގައި އެންމެ ގިނަ މީހުން ވަންނަ ބަރަހަނާ ވީޑިއޯ ހުންނަ ސައިޓްއަކުން އެފަދަ 13.5 މިލިޔަން ވީޑިއޯ ޑިލީޓްކޮށްލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގެ ގިނަ ބަޔަކުވެސް ވަންނަ ކަމަށް، ސައިޓްތައް ރޭންކް ކުރާ ސިމިލަރވެބްސްއިން ދައްކާ، ބަރަހަނާ ވީޑިއޯ ހުންނަ ވެބްސައިޓަކުން، އެފަދަ 13.5 މިލިޔަން ވީޑިއޯ ޑިލީޓް ކޮށްލައިފިއެވެ.

Ads by Sosun Fihaara

އެ ވެބްސައިޓް ހިންގާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ސައިޓަށް މީގެ ކުރިން ބޭނުން ފަރާތަކުން ވީޑިއޯ އަޕްލޯޑް ކުރުމުގެ ފުރުސަތު އޮންނަ ކަމަށާއި ނަމަވެސް ފަހުން ގެނައި ބަދަލާއެކު، ވީޑިއޯ ލެވޭނީ ހަމައެކަނި، އެފަރާތުން ވެރިފައި ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އެ ވެބްސައިޓުން 13.5 މިލިޔަން ވީޑިއޯ ޑިލީޓްކޮށްލާފައި މިވަނީ، އެމެރިކާގެ ނޫހެއް ކަމަށްވާ ނިއު ޔޯކްޓައިމްސްގައި ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން އެސައިޓް ހޫނު ފެނަށް ވެއްޓުމުންނެވެ. ނިއު ޔޯކްޓައިމްސްގައި ޝާއިއުކުރި ރިޕޯޓެއްގައި އެ ފަރާތުގެ ވެބްސައިޓްގައި ގިނަ އަދަދަކަށް ކުޑަކުދިންގެ ބަރަހަނާ ވީޑިއޯ ހުރި ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި އެކުދިންގެ ނުރުހުމުގައި ނަގާ މިފަދަ ވީޑިއޯތައް އާއްމުކޮށް ބްލެކް މެއިލް ކުރާ ކަމަށް ވެސް އެރިޕޯޓްގައިވެެއެވެ.

ނިއު ޔޯކްޓައިމްސް އިން މިގޮތަށް ރިޕޯޓްކުރިތާ މާ ގިނަ އިރެއް ނުވަނީސް، ދުނިޔޭގެ އެންމެ ބޮޑު ޕޭމެންޓް ކާޑް ސިސްޓަމް ކަމަށްވާ، ވިސާ އަދި މާސްޓަރކާޑްއިން ވަނީ، އެ ސައިޓަށް ޕޭވްމެންޓް ނެހެދޭ ގޮތަށް ސައިޓް ބްލޮކް ކުރާނެ ކަމަށް ބުނެފައެވެ.

މި ވެބްސައިޓުން، މިހާރު ގިނަ ވީޑިއޯ ޑިލީޓްކޮށްފައިވާއިރު، އެފަރާތުން ބުނެފައި ވަނީ ދެން އެސައިޓަށް އަޕްލޯޑް ކުރާނީ، އެފަރާތުން ލައިސެންސް ދޭ ފަރާތްތަކުން އުފައްދާ ވީޑިއޯ ކަމަށެވެ.

ރާއްޖޭގައި ގިނަ ބަޔަކު މިފަދަ ބަރަހަނާ މަންޒަރުތައް ހުންނަ ސައިޓްތަކަށް ޒިޔާރަތްކޮށް، ހަދާއިރު، މިފަދަ ސައިޓްތައް ބްލޮކް ކުރުމަށް ގިނަ ބަޔަކުދަނީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ތަކަށް ގޮވާލަމުންނެވެ.

Ads by Ooredoo
  1. ވެބް

    ތިވާނީ މީހުންގެ ފޯނުން ފައިސާ ނަގަންކުރާ ކަމަކަށް